އަނެއްކާ ވެސް ހެލަންގެ ހަރަކާތްތައް

ބޮލީވުޑްގެ ނެށުމުގެ ރާނީ ނުވަތަ ބޮލީވުޑް އައިޓަމްގެ ގާލްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ހެލަންގެ އެނބުރި އައުން ފިލްމް "ޖޯޅީ ބްރޭކާސް" އިން ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެފި އެވެ.

ބިޕާސާ ބާސޫއާ މާދަވަން ލީޑް ރޯލް ކުޅެފައިވާ ޖޯޅީ ބްރޭކާސް އިން ހެލަން ފެނިގެންދާނީ އާއިލާގެ ތެރޭގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރަން މަސައްކަތްކުރާ މާމައެއްގެ އިތުރުން އުމުރުން ދުވަސްވީ ބައެއް މީހުންނަށް ނަށަން ދަސްކޮށްދޭ ޓީޗަރެއްގެ ރޯލުންނެވެ. މިފިލްގައި ހެލަންގެ ހަރަކާތްތައް ދައްކާލުމަށްޓަކައި ހަދާފައިވާ ހާއްސަ މިއުޒިކެއް ހިމަނާފައިވެ އެވެ.

"ފިޔަތޫ" ފަދަ ލަވަތަކުން ވަރަށް ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ހެލަންއާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ޖޯޅީ ބްރޭކާސްއިން ހެލަންއަށް ފުރުސަތު ލިބުނީ އެފަދަ ފުރުސަތެއްގެ އިންތިޒާރުގައި އިންދަ އެވެ. މިފިލްމް އަންނަ ހަފްތާގެ ތެރޭގައި ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.

ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކަށްފަހު ފިލްމީ ހަޔާތާ ދުރުގައި ގިނަ ދުވަސްތަކެއް ހުރުމަށްފަހު ހެލަން ދެން ފެނިފައިވަނީ " މޮހައްބަތޭން އާއި ހަމް ދިލްދޭ ޗުކޭހޭ ސަނަމް" އިންނެވެ. އެއަށްފަހު އަނެއްކާވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
ހެލަންއަށް ފިލްފެއާ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ލިބިފައިވާއިރު އޭނާއަށް ވަނީ 1998 ވަނަ އަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިފަ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު