ފުވައްމުލައް ސިޓީ ތިން މަސް ފަހުން އާއްމު ހާލަތަށް

ޏ.ފުވައްމުލައް ސިޓީ --

ޏ. ފުވައްމުލައް ސިޓީ، މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ތިން މަސް ފަހުން އާއްމު ހަލަތަށް ގެނެސްފި އެވެ.

ފުވައްމުލައް ސިޓީ އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނައީ މެއި ހަވަނަ ދުވަގައެވެ.

ފުވައްމުލަކު އިރުދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް މުހައްމަދު "ސަން"އަށް ވިދާޅުވީ މޮނިޓަރިން އުވާލި ނަމަވެސް، ބައެއް ކަންކަން ކުރާނީ އެންމެ ގޯސް ހާލަތުގައި ވެސް އަމަލުކުރަމުންދާ ގޮތަށް ކަމަށެވެ.

އެގޮތުން އެޗްޕީއޭގެ ގައިޑްލައިން ތަކާއި އެއްގޮތަށް އިޖްތިމާއީ ރައްކާތެރި ކަމުގެ މިންގަނޑަށް އަމަލު ކުރޭތޯ، ކައުންސިލުން ކަށަވަރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ސީޓީއަށް މި އޮތީ ވަރަށް ބިޑެތި ލުއި ތަކެއް ދީފަ. ނަމަވެސް ކުރިައަށް އޮތް ތަނުގައިވެސް ހަމަ ކައުންސިލުން އެ ބަލާ މިންގަނޑު ތަކަށް ބަލާނެ. މޮނިޓަރިންގެ ހާލަތުގަ އޮންނަ ގޮތަށް އެ އިޖުތިމާއީ ރައްކާތެރި ކަމުގެ މިންގަނޑު ތަކުގެ ފިޔަވަޅުތައް އަޅާތޯ ބަލަމުންދާނެ. ކުޅިވަރުތައް ކުޅެންވެސް ހުއްދަ ދެވޭނީ އެ ކަންކަމަށް އިސްކަން ދީގެން،" އިބްރާހިމް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގު ތިބީ 44 މީހުންނެވެ.

comment ކޮމެންޓް