އިތިއޯޕިއާގެ ކޯރެއްގެ އައްސޭރިން މަރުވެފައިވާ މީހުން ފެނިއްޖެ

އިތިއޯޕިއާގެ ޓައިގްރޭގެ ސެޓިޓް ކޯރު --- ފޮޓޯ: އަލްޖަޒީރާ

އިތިއޯޕިއާގެ ޓައިގްރޭގެ ކޯރެއްގެ އައްސޭރިން މަރުވެފައިވާ މީހުންގެ ހަށިތަކެއް ފެނިއްޖެއެވެ.

މި ހަށިތައް ފެނިފައިވަނީ އިތިއޯޕިއާގައި އުޅޭ ދެ ރެފިއުޖީންނަށެވެ. އެގޮތުން ކޯރުގެ އައްސޭރިން މަރުވެފައިވާ 30 މީހުން ފެނިފައިވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

"މަރުވެފައިވާ ނުވަމީހުން ފެނުނު. އެމީހުންވަނީ ބަނދެފަ އަދި ވަރަށް ބޮޑަށް ދުޅަވެސް ވެފައި އޮތީ. އެކަމަކު އެމީހުން ގައިގައި އެއްޗަކުން ނުވަތަ ވަޒަނަކުން ޖަހައިފައިވާކަމުގެ އެއްވެސް ހެއްކެއް ނުފެނޭ," އިތިއޯޕިއާގެ ހުމޭރާގެ ރެފިއުޖީއެއް ބުންޏެވެ.

ސެޓިތް ކޯރުން ޖުމްލަ 20 މީހުން ފެނިފައިވާއިރު އެތަނުން ބައެއް މީހުން ގަޔަށް ބަޑި ޖަހައިފައިވާކަމުގެ ނިޝާންތައް ވަނީ ފެނިފައެވެ. ނަމަވެސް ބާކީ ތިބި މީހުންގެ އަތް ބަނދެފައިވުން ފިޔަވައި އެހެން އަނިޔާއެއް ފެނިފައިނުވެއެވެ.

އިތިއޯޕިއާގެ ސެންޓްރަލް ސަރުކާރާއި ޓައިގްރޭގެ ސިޔާސީ ސަރުކާރާ ދެމެދު މީގެ އަށްމަސް ކުރިން ހަނގުރާމަ ފައްޓާފައިވާއިރު ޓައިގްރޭގެ މީހުންވަނީ އިތިއޯޕިއާގެ ސަރުކާރާ އެއްކޮޅު އަމްހާރާ ބާރަށް، މަރުވެފައިވާ މީހުން ކޯރުގެ އައްސޭރިއަށް އެޅިކަމުގެ ތުހުމަތުކޮށްފައެވެ.

ނަމަވެސް އަމްހާރާ އިންވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

comment ކޮމެންޓް