އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާއާއެކު ވިޔަފާރިވެރިންނަށް ގިނަ ލުއިތަކެއް

އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާއާއެކު ވިޔަފާރިވެރިންނަށް ގިނަ ލުއިތަކެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓް ސިޓީ އިންފރާސްޓްރަކްޗާއާއެކު ވިޔަފާރިވެރިންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ ރާއްޖޭގައި ވިޔަފާރިވެރިންނަށް ޓެކްނޮލޮޖީގެ ޒަރީއާއިން ފޯރުކޮށްދެވޭ ހިދުމަތްތައް ދިނުމުގައި ގޮންޖެހުން ތަކެއްހުރިކަމަށެވެ. އަދި އެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ އުމްރާނީ އޮނިގަނޑު ގާއިމު ކުރުމަކީ މިހާރު އެ ކުންފުނީގެ މައި މަގުސަދުކަމަށެވެ.

އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާއާއެކު ވިޔަފާރިވެރިންނަށް ގިނަ ލުއިތަކެއް

އެ ކުންފުނިން ބުނީ މި މަޝްރޫއު ނިމުމުން އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތައް ގޭގެޔަށާއި އޮފީސްތަކަށް ބޭނުންވާ އިންޓަނެޓްގެ ހިދުމަތް ދިނުމަށްޓަކައި ކޮންމެ ފަހަރަކު މަގު ކޮނެ ފައިބަރ ކޭބަލް ވަޅުލާކަށް ނުޖެހޭނެކަމަށެވެ. އަދި ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއު ކާމިޔާބުކަމާއެކު ނިމުމުން މިފަދަ އިންޓަނެޓް އަދި ޓެކްނޮލޮޖިކަލް އެޑްވާންސްތަކާއެކު ތައާރަފުވާ ވަސީލަތްތައް ބޭނުންކުރުން ފަސޭހަވެގެންދާނެކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ އުފެދުމާއެކު އަލަށް ފަށާ ވިޔަފާރިތަކަށް އާ ދޮރުތަކެއް ހުޅުވިގެންދާނެކަމަށާއި ބިޒްނަސް އިންކިއުބޭޝަން ޕްރޮގްރާމްތަކާއި، އެކްސެލަރޭޓާ ޕްރޮގްރާމްތަކުގެ އިތުރުން ކޯވާކިން ސްޕޭސްތައް އުފެދި ގްރޭޓާ މާލެ ސަރަހައްދުގައި އީޖާދީ ވިޔަފާރިތައް ފުޅާވާނެއެކަމަށެވެ.

ހަމައެއާއެކު ސްމާޓް ސޮފްޓްވެއާ ބޭނުންކުރަން ފެށުމުން ޑޭޓާ ޓްރެކްކުރެވޭ މިންވަރު އިތުރުވާނެކަމަށްވެސް އެޗްޑީސީއިން ބުނެއެވެ. އަދި މިއާއެކު ޑޭޓާ މިހާރަށްވުރެ ރައްކާތެރިކަމާއެކު ބަލަހައްޓާ ބޭނުންކުރުމަށްވެސް ފުރުސަތު ހުޅުވިގެންދާނެކަމަށާއި ވިޔަފާރިތަކުގެ ތަފާތު އެކި ބޭނުންތަކަށް ފެތޭގޮތަށް ޑޭޓާ އެއްކުރުމާ ޑޭޓާ ފޯރުކޮށްދިނުންވެސް ފަރުމާކުރެވޭނެކަމަށެވެ.

އެޗްޑީސީއިން ބުނީ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫގެ ސަބަބުން މީހުންގެ ދިރިއުޅުން ފަސޭހަވެގެންދާނެކަމަށެވެ.

އެއާއެކު ހުރިހާ ފަންތިއެއްގެ ހުރިހާ ބާވަތެއްގެ ވިޔަފާރިތަކަކަށްވެސް ފައިދާވާނެ އިންފްރާސްޓްރަކްޗާއެއް ގާއިމު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަމަށެވެ.

comment ކޮމެންޓް