އުމުރުން 13 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިން ގެ ހާލަތައް އަނެއްކާވެސް ގެނެސްފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލް މެމްބަރަކު "ސަން" އަށް ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި ކުއްޖާއަކީ ހުމާއި ރޯގާގެ އަސަރު ހުރެގެން އިއްޔެ ސާމްޕަލް ނެގި ކުއްޖެކެވެ. އެ ކުއްޖާއަކީ އުމުރުން 13 އަހަރުގެ ކުއްޖަކު ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީ މޮނިޓަރިން އަށް ގެނެސްފައިވަނީ މިއަދު 17:51 ގަ އެވެ.
މި ކޭސްއާ ގުޅިގެން ކުޅުދުއްފުށީގައި މިހާރު ވަނީ ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް ފަށާފައެވެ.
ކުޅުދުއްފުށްޓަކީ މީގެ ކުރިންވެސް ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން މޮނިޓަރިންގްއަށް ލާފައިވާ ރަށެކެވެ. އެންމެ ފަހުން ކުޅުދުއްފުށި ސިޓި މޮނިޓަރިން ހާލަތުން ނެގީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. ކުޅުދުއްފުށީ ސިޓީގެ އިތުރުން މިވަގުތު މޮނިޓަރިންގައި ހުރީ 14 ރަށެވެ.