މާލޭ ސިޓީ ކައުންސިލާއި އުރީދޫ ގުޅިގެން އުޟްހިޔާ ކަތިލައިފި

މި އަހަރުގެ އަޟްހާ އީދާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި އުރީދޫ މޯލްޑިވްސް ގުޅިގެން އުޟްހިޔާ ކަތިލުމުގެ ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިޔަށް ދިޔައީ މިއަދު ހެނދުނު އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައެވެ. މިހަރަކާތުގައި މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ކައުންސިލްގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފަައެވެ. އަދި އުރީދޫގެ އިސްވެރިންވެސް ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ.

އުރީދޫއިން ބުނީ އީދާ ގުޅިގެން ލިބުނު މި ފުރުސަތަކީ އެ ކުންފުނިން އުފަލާއެކު ފާހަގަކުރާ ފުރުސަތެއްކަމަށެވެ.

މި ހަރަކާތުގައި ކަތިލި އުޟްހިޔާ ހަދިޔާކޮށްފައިވަނީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް މެންދުރުގެ ކެއުމެއްގެ ގޮތުގައެވެ.

މި ހަރަކާތުގައި ކަތިލި އުޟްހިޔާ ހަދިޔާކޮށްފައިވަނީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް މެންދުރުގެ ކެއުމެއްގެ ގޮތުގައި --- ފޮޓޯ: އުރީދޫ

މި އަހަރުގެ އަޟްހާ އީދާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިއަދު ހަވީރު ހަތަރަކުން ރޭގަނޑު އަށަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި އާއިލާއާއެކު މަގުތަކަށް ނިކުމެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ.

comment ކޮމެންޓް