މާލެ އާއި ހުޅުމާލޭގެ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލައިފި

ގްރިޑުގެ މަސައްކަތުގައި ސްޓެލްކޯގެ ޓެކްނީޝަނުން -- ފޮޓޯ/ ސްޓެލްކޯ

މާލެ އާއި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައިފި އެވެ.

ސްޓެލްކޯއިން ބުނީ މިއީ އެ ކުންފުނިން ހާސިލްކުރި ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މި މަސައްކަތާއެކު މިހާރު މާލެ އިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ގްރޭޓާ މާލެ ގްރިޑާއެކު މިއީ އެ ކުންފުންޏަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ވާސިލްވެވުނު އާ ހަރުފަތެއް ކަމަށެވެ. ހަމައެއާއެކު ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

މި މަސައްކަތުގައި އެ ކުންފުނީގެ ފަރާތުން މަސައްކަތްކުރި ހުރިހާ މުވައްޒަފުން ކުރި މަސައްކަތުގެ އަގުވަޒަންކޮށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީ ގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅާލެވޭ މަޝްރޫއެކެވެ. އަދި މި މަޝްރޫގެ ދަށުން ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ.

މި ކަރަންޓުވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް