ބީއެމްއެލް ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް މަހަކަށް 500 ޑޮލަރު!

ބީއެމްއެލްގެ އާ އޭޓީއެމް ސެންޓަރު -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު މަހަަކަށް 500 ޑޮލަރުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

މިއަދުން ފެށިގެން ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްއިން ބުނީ މި ލިމިޓް ކަނޑައެޅިގެންދާނީ މިއަދުން ފެށިގެން ކޮންމެ 30 ދުވަހެއްގެ މުއްދަތަށް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރު ވަރަށް ބޮޑަށް ދަށްވުމާއެކު ބީއެމްއެލްއިން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު ވަނީ ބަދަލުގެނެސްފަ އެެވެ.

އެ ނިންމުން ބޭންކުން ނިންމިއިރު ރާއްޖޭން ބޭރަށްދާ ޑޮލަރުގެ ނިސްބަތުން ގިނަ ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފައެވެ.

އަދި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރަށް އިސްކަންދިނުންވެސް އޮތީ މުހިންމުވެފަ އެވެ.

comment ކޮމެންޓް