ޕާސަނަލް ކޮމްޕިއުޓާސްއިން ލެޕްޓޮޕް ގަތުމުން އޮފާ ތަކެއް

އުރީދޫ މޯލްޑިވްސްއާއި ޕާސަނަލް ކޮމްޕިއުޓާސް ޕާޓްނާވެ ސްކޫލް ކުދިންނަށް ޚާއްސަ "ބެކް ޓު ސްކޫލް" އޮފާ އެއް އިއުލާން ކޮށްފިއެވެ.

އުރީދޫއިން ބުނީ، މިއީ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު ފަސޭހަކަމާއެކު ގަތުމުގެ ހުޅުވާލި ފުރުސަތެއް ކަމަށެވެ.

"ބެކް ޓު ސްކޫލް" އޮފާ ގެ ދަށުން ޕާސަނަލް ކޮމްޕއިޓާސްއިން ގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ މައިފައި ޑިވައިސްއެއް، އަދި 240ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭގޮތަށް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ލެޕްޓޮޕާއެކު ހިލޭ ލިބޭ މައިފައި ޑިވައިސް މެދުވެރިކޮށް ރީޗާޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރައްވާ ކޮންމެ ރީޗާޖަކަށް 20ޖީބީ ބޯނަސް ޑޭޓާ ލިބިގެންދާނެ އެވެ.

މީގެ އިތުރުން، ޕާސަނަލް ކޮމްޕިއުޓަރސް އިން ހިލޭ ހަދިޔާ ކުރާ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފާގައި ހިމަނާފައި ވެއެވެ.

އެޗްޕީ އަދި ލެނޯވޯ ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފާ މިއަދުން ފެށިގެން ލިބޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވީ، ޕެންޑެމިކްގެ ސަބަބުން އުރީދޫއިން އާއްމުކޮށް ކަންކުރާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އަދި މަސައްކަތުގެ މާހައުލުގައްޔާއި ދަރިވަރުންގެ ކިޔެވުމުގެ އިތުރުން އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަނެޓް ގެ ޚިދުމަތް މިވަނީ މުހިންމުވެފައި ކަމަށް ނިޔާޒް ފާހަގަ ކުރެއްވި އެވެ.

"ޕަރސަނަލް ކޮމްޕިއުޓާސް އާއެކު މި ލޯންޗް ކުރި އޮފާ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ. ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ބާއްޖަވެރި އަހަރަކަށް އެދެން،" ނިޔާޒް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް