އުރީދޫއިން މަހިބަދޫއަށް ހަލުވި ސްޕީޑްގެ ސުޕަނެޓްގެ ހިދުމަތް ތައާރަފުކޮށްފި

އުރީދޫއިން 1 ޖީބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އދ. މަހިބަދޫއަށް ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ މަހިބަދޫއިން ސުޕަނެޓްގެ ހިދުމަތް ގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ސުޕަނެޓް 50އެމް ނުވަތަ 100އެމް ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ސޮނީ ލައިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބިގެންދާނެ އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މަހިބަދޫއަށް މި ހިދުމަތް ތައާރަފު ކުރުމަކީ އެ ރަށު ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއެކު އިންޓަނެޓް ބޭނުންކުރެވި، އިތުރު ފުރުސަތުތައް ފަހިވެގެންދާޏެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދީ، ޕެކޭޖުތަކާއި ހިދުމަތްތައް އަޕްގްރޭޑް ކުރުމަށް އަބަދުވެސް އުރީދޫއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދާދި ފަހުން އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް، އަޕްގްރޭޑްކޮށްފަ އެވެ. އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބިގެންދެ އެވެ.

މީގެ އިތުރުން ސުޕަރނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެ އެވެ.

މަހިބަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ އެވެ. މި ހިދުމަތް ހޯދުވުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

comment ކޮމެންޓް