ފަރުހާންގެ "ތޫފާން"ގެ ފުރަތަމަ ލަވަ އާންމުކޮށްފި

ތޫފާން ގެ ޕޯސްޓަރެއް---

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ފަރުހާން އަހްތަރު ވަރުގަދަ ކެރެކްޓާއަކުން ފެނިގެންދާ ފިލްމު "ތޫފާން"ގެ ފުރަތަމަ ލަވަ ދައްކާލައިފިއެވެ.

"އިންޑިއާ ކޭ ތޫފާން" ގެ ނަމުން ނަން ދީފައިވާ ރެޕް ލަވަ ކިޔާފައިވަނީ ރެޕާ ޑެވިލް އެވެ. ޑަބް ޝަރުމާގެ މިއުޒިކަށް މި ލަވަ ތައްޔާރުކުރިއިރު މި ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. ބޮކްސިން ކުޅޭ މީހެއްގެ ރޯލުން ފަރުހާން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ މި މަހު 16 ވަނަ ދުވަހު އެމެޒޯން ޕްރައިމްގައެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ މަހު 21 ވަނަ ދުވަހު އެވެ. ނަމަވެސް އޭރު އިންޑިއާއަށް ކޮވިޑްގެ ދެވަނަ ތޫފާނެއް އައިސްގެން އުޅުމުގެ ސަބަބުން ފިލްމު ފަސްކުރީ އެވެ.

މި ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު ޓްރެއިލާއިން ފެނިގެންދަނީ ބޮކްސިން އިން ކުރިއަށް ދިޔުމަށް މަސައްކަތް ކުރާ މަންޒަރެވެ. އަދި ފަސް އަހަރަށް އޭނާ ބޮކްސިން ކުޅުން މަނާވާ މަންޒަރެއްވެސް ފެނިގެންދިޔައެވެ.

އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަންހެން ލީޑު ރޯލު ކުޅެނީ މުރްނާލް ތާކޫރެވެ.

comment ކޮމެންޓް