އެވިޑް ކޮލެޖްގެ ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި

އަމީނީ ހުންނަ އެވިޑް ކޮލެޖުގެ މައި ކެމްޕަސް --- ފޮޓޯ/ އެވިޑް ކޮލެޖް

އެވިޑް ކޮލެޖްގެ ސެޕްޓެމްބަރު އިންޓޭކް 2021 އަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެވިޑް ކޮލެޖްގެ ސެޕްޓެމްބަރު އިންޓޭކް 2021 ހުޅުވައިދެއްވީ އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.

އެކަން އިއުލާން ކުރައްވާ، އެވިޑް ކޮލެޖުން މިއަދު މީޑއާއާ ހިއްސާކުރެއްވި ވީޑިއޯއެއް ގައި ވިދާޅުވީ، އެވިޑް ކޮލެޖުން ބޭނުންވަނީ ތަފާތު ގިނަ ދާއިރާތަކުގެ ޕްރޮގްރާމްތަކުން ރަނގަޅު ފެންވަރެއްގައި ދިވެހިރާއްޖޭގެ ރައްޔަތުންނަށް މަތީ ތަޢުލީމު ލިބޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އެވިޑް ކޮލެޖުން ބުނިގޮތުގައި ތަފާތު ގިނަ ދާއިރާތައް ހިމެނޭގޮތަށް ހަތްދިހައަށް ވުރެ ގިނަ ކޯސް އެ ކޮލެޖުގައި މިފަހަރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެއެވެ.

އެވިޑް ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކް 2021ގައި، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް އާ ހަމައަށް، އެކި ދާއިރާތަކުން ކޯސްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖްގެ ފެކަލްޓީތަކުގެ ތެރޭގައި، ފެކަލްޓީ އޮފް އެޑިއުކޭޝަން، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، އަދި ފެކަލްޓީ އޮފް ހިއުމަން ޑެވެލޮޕްމެންޓް ހިމެނެ އެވެ. މީގެ އިތުރުން ފެކަލްޓީ އޮފް ރިސާޗް އެންޑް އިނޮވޭޝަން އަދި ފެކަލްޓީ އޮފް އިސްލާމިކް ސްޑަޑިޒް އަކީ ވެސް އެވިޑްކޮލެޖުގައި ހިނގާ ފެކަލްޓީތަކެވެ.

އެވިޑް ކޮލެޖްގައި އަލަށް އުފެއްދެވި ފެކަލްޓީއެއް ކަމުގައިވާ "އެވިޑް ސްކޫލް އޮފް އޭވިއޭޝަން" އާއިބެހޭ އެންމެ ފަހުގެ މައުލޫމާތުތައްވެސް މިއަދުގެ ވީޑިއޯ މެސެޖްގައި ހިއްސާ ކޮށްފައި ވެއެވެ.

އެ ވާހަކަތައް ހިއްސާ ކުރައްވަމުން މުސްތާގު ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގައި ހިދްމަތް ކުރުމަށްޓަކައި ކަމަށް ގާބިލް ދަރިންތަކެއް އުފެއްދެވުމަށް ބޭނުންވެލައްވާ ކަމަށެވެ.

އެވިޑް ކޮލެޖްގެ ކޯސްތަކާބެހޭ މައުލޫމާތު ސާފު ކުރުމަށް، އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހަށް ގުޅާނީ 6846768 ނުވަތަ 7516080 ނަންބަރަށެވެ. މާލޭގައި ހިންގާ ޑައިމަންޑް ކެމްޕަހަށް ގުޅާނީ 3006768 ނުވަތަ 7883228 ނަންބަރަށެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލްކުރަމުންގެންދެއެވެ.

comment ކޮމެންޓް