އެލައިޑް މޮޓޯ އިންޝުއަރަންސްގެ އަގުތަކަށް ދާއިމީ ހެޔޮ ބަދަލެއް

މާލޭގެ މަގުމަތި-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެލައިޑް އިންޝުއަރަންސް އިން ފޯރުކޮށްދޭ މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސާއި ތަކާފުލްގެ އަގު ދާއިމަށް ހެޔޮކޮށްފި އެވެ.

އެލައިޑް އިން ރޯދަމަހާ ދިމާކޮށް މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސްގެ އަގަށް ގެނައި ބަދަލުތައް ދާއިމީކޮށްފައިވާއިރު، 50 ސީސީ އާއި ހަމައަށް ސައިކަލުތަކަށް މީގެ ކުރިން 150 ރުފިޔާގެ އަގު ވަނީ 125 އަށް ކުޑަވެފައެވެ. 50-250 ސީސީ ގެ ސައިކަލުތަކަށް މީގެ ކުރިން 175 ރުފިޔާ ދައްކަން ޖެހޭއިރު މިހާރުގެ އަގަކީ 140 ރުފިޔާ އެވެ. 250 ސީސީ އިން މަތީގެ ސައިކަލުތަކަށް މިހާރު 190 ރުފިޔާ ދައްކަން ޖެހޭއިރު ކުރީގެ އަގަކީ 250 ރުފިޔާ އެވެ.

ހަތަރު ފުރޮޅުުލީ އުޅަނދުތަކަށް ނަގާ ޕްރިމިއަމް އަގުވެސް އެލައިޑް އިން ވަނީ ޕްރޯމޯޝަނާއި އެއްގޮތަށް ހެޔޮކޮށްފައެވެ. އެގޮތުން ކާރު، ވޭން އަދި ޖިޕް ފަދަ އުޅަނދުތަކަށް ކުރިން 750 ރުފިޔާ ދައްކަން ޖެހުނު ނަމަވެސް މިހާރު ދައްކަން ޖެހެނީ 475 ރުފިޔާ އެވެ.

މީގެ އިތުރުން މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓު ފަދަ ބަރު އުޅަނދު ފަހަރުގެ ތާޑް ޕާޓީ ޕްލޭންތަކުގެ އަގުވެސް ވަނީ ކުޑަކޮށްފަ އެވެ. މީގެ ކުރިން 1،000 ރުފިޔާ ދައްކަން ޖެހޭ އުޅަނދުތަކަށް މިހާރު ދައްކަން ޖެހެނީ 800 ރުފިޔާ އެވެ. ފޯކްލިފްޓް، ކެރޭން، ބާޖް ހޭންޑްލާ ފަދަ އުޅަނދުތަކުގެ އިންޝުއަރަންސަށް މީގެ ކުރިން 2،000 ރުފިޔާ ދެއްކި ނަމަވެސް އަގަށް ގެނައި ހެޔޮ ބަދަލާއެކު މިހާދު ދައްކަން ޖެހޭނީ 1،400 ރުފިޔާ އެވެ.

މިއިން ޕްލޭނެއް ނެގުމަށް، ނޫނީ އާކުރަން ބޭނުން ނަމަ އެލައިޑްގެ އޮންލައިން ޕޯޓަލް www.myallied.mv ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން މިކަން ކޮށްލެވޭނެއެވެ.

comment ކޮމެންޓް