މީޑިއާ ނެޓު އޮރިޖިނަލް "ނަފްސު" މާދަމާ މަލްޓި-ސްކްރީނުގައި ޕްރިމިއާ ކުރާނެ އެވެ.
މީޑިއާނެޓް އޮރިޖިނަލް "ނަފްސު" މާދަމާ މަލްޓި-ސްކްރީނުން ރިލީޒްކުރާއިރު ފޯން، ޓެބްލެޓް އަދި ލެޕްޓޮޕްގެ އިތުރުން ޓީވީއިން ވެސް ނަފްސު ބަލައިލެވޭނެ އެވެ. މީޑިއާނެޓްގެ އެމްއެސްޓީވީ އެޕްލިކޭޝަން މެދުވެރިކޮށް އެންޑްރޮއިޑް ޔޫއެޗްޑީޓީވީ އިންވެސް ނަފްސު ބަލައިލެވޭނެ އެވެ.
ސައިކޮލަޖިކަލް ތްރިލާ އަދި ބިރުވެރި ފލްމު "ނަފްސު" އަކީ 10 އެޕިސޯޑުގެ ސީރީޒްއެކެވެ. ނަފްސުގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ޝިފާ، ސައީދު އަދި ޝަޒްލީމް ހިމެނެ އެވެ.
ނަފްސުގައި ފެނިގެންދާނީ، މުއްސަނދި ދެމަފިރިއަކު، ޗުއްޓީ ހޭދަކުރަން މާލެއިން ބޭރަށް ގޮސް ތިބޭ ދަތުރެއްގައި، އެމީހުން ތިބޭ ގެސްޓުހައުސް އިން އަންހެން މީހާ އަށް ދިމާވާ ބިރުވެރި ކަންތައްގަނޑެކެވެ.
އެ ގެސްޓުހައުސް ގައި ތިބޭއިރު ދިމާވާ ކަންތައްގަނޑުތެރެއިން، އަންހެންމީހާ އަށް އޭނާގެ ދިރިއުޅުމާ ގުޅޭ ސިއްރު ކަންތައްތަކެއް އެނގި، ދެމަފިރިންގެ ދެމެދު އޮންނަ ގުޅުމުގައި ރެނދު އަޅައެވެ.
މަލްޓި ސްކްރީންގެ ވީޑިއޯ އޮން ޑިމާންޑު (ވީއޯޑީ) އިން ވެސް ނަފްސު ބަލާލެވޭނެ އެވެ. އެމްއެސް ވީއޯޑީ އިން ނަފްސު ބަލާލުމަށް، މިހާރު ބޭސިކް އަދި ފެމެލީ ޕެކޭޖު ބޭނުންކުރާ ކަސްޓަމަރުންނަށް އެއް މަހަށް 100 ރުފިޔާ އަދި ތިން މަހަށް 150 ރުފިޔާ ދައްކައިގެން ކޮންޓެންޓަށް ސަބްސްކްރައިބު ކުރެވޭނެ އެވެ. "ވޯންޓް އިޓް އޯލ"' ޕެކޭޖު ބޭނުންކުރާ ކަސްޓަމަރުންނަށް 50 ރުފިޔާ އަށް އެމްއެސް ވީއޯޑީ އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.
އަލަށް ގުޅޭ ކަސްޓަމަރުންނަށް 150 ރުފިޔާ އަށް އެމްއެސް ކޮމްބޯ އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. އަދި މިހާރު ވެސް މީޑިއާ ނެޓުގެ ކަސްޓަމަރުންގެ ގޮތުގައި ތިބި އެހެން ފަރާތްތަކަށް އެމްއެސް ވީއޯޑީ 150 ރުފިޔާ އަށް ސަބްސްކްރައިބު ކުރެވޭނެ އެވެ.
އެމްއެސް ކޮމްބޯއިން ލައިވް ޓީވީ ޗެނަލްތަކުގެ އިރުން ވީޑިއޯ އޮން ޑިމާންޑްގައި ހިމެނޭ ނަފްސު، ލަމްސް ކިޗަން، މަރިޔަމް ފަދަ ފިލްމް އަދި ސީރީސް ތައް ބަލައިލެވޭނެ އެވެ.
ޓީވީ އިން ނަފްސު ބަލައިލަން ބޭނުންނަމަ ޔޫއެޗްޑީ އެންޑްރޮއިޑް ޓީވީ އަށް އެމްއެސްޓީވީ އެޕް ޑައުންލޯޑް ކޮށްލައިގެން ބަލައިލެވޭނެ އެވެ.
މީޑިއާނެޓުން ބުނީ މިހާރު އެއްވެސް ދައްޗަކާ ނުލާ މީޑިއާނެޓު ވައިފައި ހޮޓްސްޕޮޓަށް ކަނެކްޓުކޮށްގެންވެސް މަލްޓިސްކްރީން ބަލާލެވޭނެ ކަމަށެވެ.
މަލްޓިސްކްރީން އެޕް ޑައުންލޯޑު ކުރުމަށް: https://cuda.medianet.mv.
މަލްޓި ސްކްރީނަށް ސަބްސްކްރައިބު ކުރުމަށް: https://my.medianet.mv/