ފަރެސްމާތޮޑާ އެއާޕޯޓުގެ ފަޔާބިލްޑިންގެ މަސައްކަތް ފަށައިފި

ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަޅާ ފަޔާ ބިލްޑިންގެ މަސައްކަތް ފަށައިފި އެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރާ އެމްޓީސީސީ އިން ބުނީ ފަޔާ ބިލްޑިން މަސައްކަތުގެ އިތުރުން ޓާމިނަލް ގްރައުންޑް ލެވެލިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށް ކޮންޓްރެކްޓުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މަސައްކަތް ހަވާލުކުރީ އަހަރެއް ތެރޭ ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން އެ ރަށުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަދިއޭޕްރަން އާއި ސާވިސްރޯޑު ތަރައްގީ ކުރާނެ އެވެ.

މަޝްރޫއުގެ އަގަކީ 144.8 މިލިއަން ރުފިޔާ އެވެ.

ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ތަރައްގީ ކުރާއިރު ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުން ދެވޭ ސަރަހައްދެއްގައި އެއާޕޯޓު ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެވެ. ގދ. ކާޑެއްދޫގައި އެއާޕޯޓެއް ހިންގާއިރު ގއ. ކޫއްޑޫ އަދި މާވާރުލުގައި ވެސް އެއާޕޯޓެއް ހިންގަ އެވެ.

comment ކޮމެންޓް