"ނެވާ ހޭވް އައި އެވާ"ގެ ދެވަނަ ބައި އަންނަ މަހު

ސީރީޒްގެ ކާސްޓުން---

މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން "ނެވާ ހޭވް އައި އެވާ"ގެ ދެވަނަ ސީޒަން އަންނަ މަހު ނެރޭނެ ކަން ހާމަކޮށް ސީރީޒްގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފަހަރުގެ ޓްރެއިލާއިން ޝައުގުވެރި ގިނަ ކަންތައްތަކެއް ފެނިގެންދިޔައިރު ސީރީޒްގެ ފުރަތަމަ ބަޔަށްވުރެ ދެވަނަ ބައި މާ ޝައުގުވެރިވާނެ ކަމަށް ބެލެވެ އެވެ. އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ޓީނޭޖް އަންހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ނެވާ ހޭވް އައި އެވާ ގެ ދެވަނަ ބައި ރިލީޒްކުރާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

މި ސީރީޒްގެ މެއިން ކެރެކްޓާ "ދޭވީ"ގެ ރޯލުން ފެނިގެންދަނީ ކެނެޑާއަށް ނިސްބަތްވާ، ތަމަޅަ ނަސްލުގެ އެކްޓްރެސް މެއިޓްރެޔީ ރާމަކްރިޝްނަންއެވެ. މީގެ އިތުރުން މި ފިލްމުން ފެނިގެންދާ އެހެން ތަރީންގެ ތެރޭގައި ޕޫރްނާ ޖަގަނާތަން، ސެންތިލް ރާމަމޫރުތީ، ޑެރެން ބާނެޓު، ލީ ރޮޑްރިގޭޒް، ޖެރެން ލިއުސަން އަދި ރިޗާ މޫރްޖާނީ ހިމެނެއެވެ. ނެވާ ހޭވް އައި އެވާ އުފެއްދީ ކޮމޭޑިއަން އަދި ޕްރޮޑިއުސަރު މިންޑީ ކޭލިންގް އެވެ.

comment ކޮމެންޓް