ކުދި، މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަަކައި ސްޓިމިއުލަސް ލޯނެއް ތައާރަފްކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވެދިނުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ސްޓިމިއުލަސް ލޯން ސްކީމެއް ތައާރަފުކޮށްފި އެވެ.

މިއީ ހުސްވި މެއި 27ވަަ ދުވަހު ސަރުކާރުން އިއުލާންކުރި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރާ ލޯން ސްކީމެކެވެ.

ކޮވިޑްގެ ބަލިމަޑު ކަމާ ގުޅިގެން މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލި މި ލޯން ސްކީމް މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސަށް އެދި ހުށަހެޅޭނެ އެވެ.

މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ. އަދި ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

މި ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ މި މަހުގެ 20ވަނަ ދުވަހުން ފެށިގެންނެވެ. މި ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.

comment ކޮމެންޓް