މި ހަފްތާގައި ބީއެމްއެލް ހުޅުވާ ގަޑިތަކަށް ބަދަލެއް

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ޖޫން 13 އިން ފެށިގެން ޖޫން 17 އާ ހަމައަށް ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް އެ މުއްދަތުގައި ބަންދުވާނެ ކަމަށެވެ. އެހެން ނަމަވެސް ކާޑު ދޫކުރުމަށް ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވަން ވަނީ ނިންމައިފަ އެވެ.

އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 02:00 އާ ހަމައަށް ކާޑު ދޫކުރުމުގެ ހިދުމަތް ދެމުންދާނެ އެވެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗް ވެސް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެ ގަޑިތަކުގައި ހުޅުވާފައި ހުންނާނެ އެވެ.

ބީއެމްއެލް އިން ބުނީ ބޭރަށް ނުކުތުމުގެ ހުއްދަ ލިބިފައިވާ ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި އަސާސީ ބޭންކިންގް ހިދުމަތްތައް ދިނުމަށްވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެ އެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތާއި އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

އިންޓަނޭޝަނަލް ޓްރާންސްފާގެ ހިދުމަތް ހޯދުމަށް ފުރިހަމަ
ކޮށްފައިވާ ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް
mv.com.bml@InternationalTransfers އަށް ފޮނުވޭނެ އެވެ. ފަސޭހައިން އެ ހިދުމަތް ހޯދުމަށްޓަކައި، އިންޓަނެޓް
ބޭންކިންގް މެދުވެރިކޮށް ޓީޓީ ހިދުމަތަށް އެދި ހުށަހެޅުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ. ބީއެމްއެލް އިން ބުނީ
ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުން އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ.

comment ކޮމެންޓް