އެމާ ސްޓޯންގެ "ކްރޫއެލާ"ގެ ސީކުއަލެއް އަންނާނެ

ކްރޫއެލާ ގެ މަންޒަރެއްގައި އެމާ ސްޓޯން---

ހޮލީވުޑްގެ ކާމިޔާބު ބަތަލާ އެމާ ސްޓޯންގެ "ކްރޫއެލާ"ގެ ސީކުއަލެއް އަންނާނެ ކަމަށް ޑިޒްނީ އިން ކަށަވަރުކޮށްދީފި އެވެ.

މިދިޔަ މަހު 26ގައި ނެރުނު އެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބެމުން އަންނައިރު މި ފިލްމަށް މިހާތަނަށް ވަނީ ޖުމްލަ 51.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އުންމީދު ކުރި ގޮތާ ޚިލާފަށް މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ފިލްމުގެ ޑައިރެކްޓަރު ކްރެއިގް ޖިލެޕްސީ އާއި ސްކްރީން ރައިޓަރު ޓޯނީ މެކްނަމާރާ ތިބީ ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭން ތައްޔާރަށެވެ.

ކްރޫއެލާ އަކީ ޑޯޑީ ސްމިތުގެ ވާހަކަ "ދަ ހަންޑްރެޑް އެންޑް ވަން ޑަމްލޭޝިއަންސް"ގެ ކެރެކްޓާއެއް ކަމަށްވާ ކްރޫއެލާ ޑި ވިލް އަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މި ފިލްމުގައި އެމާގެ އިތުރުން ހަރަކާތްތެރިވި ބައެއް ތަރިންނަކީ އެމާ ތޮމްޕްސަން، ޕޯލް ވޯޓާ ހައުޒާ، ޖޮއެލް ފްރައި، ކާބީ ހޮވެލްބެބްސްޓީ އަދި މާކް ސްޓްރޯންގް އެވެ.

comment ކޮމެންޓް