އެމެރިކާއިން ހަދިޔާކުރި މެޑިކަލް އެހީ ހަވާލުކޮށްފި

އެމެރިކާ އިން ހަދިޔާކުރި މެޑިކަލް ސާމާނު --

އެމެރިކާ އިން ރާއްޖެ އަށް ހަދިޔާކުރި މެޑިކަލް އިމަޖެންސީ އެހީ ހަވާލުކޮށްފި އެވެ.

އެ ގައުމުން ހަދިޔާކުރާ މެޑިކަލް އިމަޖެންސީ އެހީ ހިފައިގެން ޗާޓަރު ފްލައިޓެއް މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.

އެމެރިކާ އިން ފޯރުކޮށްދިން އެހީގެ ތެރޭގައި ޕަލްސްއޮކްސިމީޓަރާއި ގޮގުލްސް އަދި އަންގި އާއި ކޭއެން 95 މާސްކު ހިމެނެ އެވެ.

އެމެރިކާ އިން ރާއްޖެ އަށް ހަދިޔާކުރި އެހީ އާ ގުޅޭ ގޮތުން ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް، މާޓި ކެލިން ވިދާޅުވީ ސަރުކާރާ ގުޅިގެން އެމެރިކާ އިން މަސައްކަތް ކުރަނީ މިވަގުތު ރާއްޖެ އަށް އެންމެ ބޭނުންވާ މެޑިކަލް ސަޕްލައި ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ފޯރުކޮށްދިން އެހީއާއެކު ބައްޔާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށާއިބަލީގައި ހާލުދެރަވެގެން ފަރުވާ ދޭން ޖެހޭ މީހުންނަށް އެހީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ޔޫއެސްއޭއައިޑީ މެދުވެރިކޮށް އެމެރިކާ އިން ވަނީ މިހާތަނަށް 2.75 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން 60 ވެންޓިލޭޓަރު ވެސް ހަދިޔާކޮށްފައިވާ އިރު ކޮވިޑު މެނޭޖުމެންޓުގައި އުޅޭ ޑޮކްޓަރުންނާޢި ނަރުހުންނަށް ޓެކްނިކަލް ޓްރެއިނިން ވެސް ދީފައިވެ އެވެ.

comment ކޮމެންޓް