އަހަރު ނުވާ 381 ކުއްޖަކަށް މިދިޔަ މަހު ކޮވިޑް ޖެހުނު

މާޗް 2، 2021: ސިނަމާލެ ބްރިޖް ސަރަހައްދުގައި ހަވީރު ބާރުބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން އެއް އަހަރު ނުވާ 381 ކުއްޖަކު މިދިޔަ މަސް ތެރޭ ކޮވިޑް 19 އަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވި ތުއްތު ކުދިންގެ ތެރޭގައި އަލަށް އުފަންވި ކުދިންވެސް ހިމެނޭ ކަމައެށެވެ.

މާބަނޑު މީހުންނަށް ކޮވިޑް ޖެހޭ މިންވަރު އިތުރުވެފައިވާއިރު މާބަނޑު މީހުންނަށް ބަލި ޖެހުމުން ދުވަސް ނުފުރާ ވިހެއުމާއި ބަލީގައި ހާލު ގޯސްވާ ފަހަރުތައްވެސް އާދެ އެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ މިފަހަރުގެ ރާޅުގައި ކުޑަކުދިން ބަލިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ހާއްސަކޮށް ދިފާއީ ނިޒާމު ދަށް ކުދިންނާއި އުފެދުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން، ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ކުދިންނާއި އެނދުމަތ ވެފައި ތިބޭ ކުދިން އަދި ބަރުދަން މާ މަތި ކުދިން ވަރަށް ބަލިވާން ފަށާފައިވާ ކަމަށް ޑރ. ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މެއި މަހަކީ ކޮވިޑް ބަލީގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވި މަހެވެ. އަދި އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނީވެސް މިދިޔަ މަހު އެވެ.

ކޮވިޑް19ގެ ހަތަރު ވަނަ ރާޅެއް ތެރޭ ރާއްޖެ އޮތްއިރު މިހާތަަނަށް 10 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. ބަލި ޖެހިގެން މަރުވި އެންމެ ހަގު ކުއްޖާ އަކީ ރޭ މަރުވި އުމުރުން 10 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާ އަކީ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖެ ކެވެ.

ރެއާއި ހަމައަށް 65،164 މީހުން ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. 40،951 މީހުން ބަލިން ފަސޭހަވެފައިވާއިރު 169 މީހުންނަށް ފަރުވާ ދެނީ އެޑްމިޓް ކޮށްގެންނެވެ.

comment ކޮމެންޓް