މި މަހު ދިރާގު ކަސްޓަމަރުންނަށް އިތުރު ޑޭޓާ ހިލޭ!

މި މަހު ދިރާގު ކަސްޓަމަރުންނަށް އިތުރު ޑޭޓާ ހަމަޖައްސައިދީފި އެވެ.

ދިރާގުން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ގޭގައި ތިބެން ޖެހިފައިވާ މި ދުވަސްވަރު ހިލޭ އިތުރުން ޑޭޓާގެ ހާއްސަ އޮފާތަކެއް ކަސްޓަމަރުންނަށް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އެގޮތުން މިއަދު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންގެ ޕެކޭޖްތަކަށް ލިބޭ ޑޭޓާގެ އިތުރަށް އެއްވެސް ހަރަދަކައިނުލާ ހިލޭ ޑޭޓާ މި މަހަށް ދީފައިވާނެ ކަމަށް ބުންޏެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް 30 ޕަސެންޓް ހިލޭ އިތުރު ޑޭޓާ، ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓާ އާއި 200 ޕަސެންޓާ ދެމެދުގެ ހިލޭ ޑޭޓާ ދީފައެވެ. މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 330 ޕަސެންޓް ހިލޭ އިތުރު އެލަވަންސް، ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ބޭނުންކުރާ ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ވަނި ދީފަ އެވެ.

ދިރާގުން ބުނީ މިދުވަސްވަރަކީ ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހިފައިވާ ދުވަސްވަރަކަށް ވެފައި ކިޔަވާކުދިން ވެސް ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރެއްކަމުން އިތުރަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތޮން 27 މޭ އިން ފެށިގެން 30 ޖޫންގެ ނިޔަލަށް ނަގާ ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ވެސް ހިލޭ އިތުރު ޑޭޓާ ދޭން ފަށާފައިވާ ކަމަށެވެ.

  • ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓާ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބޭނެ
  • މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުންވެސް ދެ ގުނަ އިތުރު ޑޭޓާ ލިބޭނެ
  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓު އިތުރު އެލަވަންސް ކޮމްބޯ ޕޮލޭން ތަކުން ލިބޭއިރު 200 ޕަސެންޓު އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރަށްވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބޭނެ
  • ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓަރ އެކްޓިވޭޓް ކޮށްގެން 100 ޕަސެންޓު އިތުރު އެލަވަންސް ލިބޭނެ
  • ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ބޫސްޓާތަކުބްވެސް 100 ޕަސެންޓު އިތުރު އެލަވެންސް ލިބޭނެ
  • ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރާ ޕެކޭޖްތަކުން 30 ޕަސެންޓު އިތުރު ހިލޭ ޑޭޓާ ލިބޭނެ
  • ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން 1 ޖޫން އިން 30 ޖޫންގެ ނިޔަލަށް އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮން ތަކުން 30 ޕަސެންޓު ހިލޭ ޑޭޓާ ލިބޭނެ
  • ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ދަށުން 30 ޖޫން 2021 ގެ ކުރިން އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮންތަކަށް 50 ޕަސެންޓު ޑިސްކައުންޓު ލިބޭނެ

ދިރާގުން ބުނީ ކަސްޓަމަރުންނަށް އެ ކުންފުނިން ފޯރުކޮށްދީފައިވާ ހިލޭ ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭވެ، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް