ފްރެންޑްސްގެ ރީޔޫނިއަން ވަރަށް ހާއްސަ!

ފްރެންޑްސް ގެ ކާސްޓު---

ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރުން ފެށިގެން 2004 ހަމައަށް ކުރިއަށް ގެންދިޔަ ސިޓްކޮމް ފްރެންޑްސް ގެ ރީޔޫނިއަން އެޕިސޯޑު މިހާރު މިވަނީ ދައްކާލައިފަ އެވެ.

ފްރެންޑްސް ސީރީޒް ނިންމާލިތާ ބަރާބަރު 17 އަހަރުފަހުން ޝޯގެ ޕްރޮޑިއުސަރުން އިސްނަގައިގެން ގެނެސްދިން މި އެޕިސޯޑަކީ ހުރިހާ ގޮތަކުން ފޭނުންނަށް ވެސް އަދި ކާސްޓަށް ވެސް ވަރަށް ހާއްސަ އެޕިސޯޑެކެވެ. ފްރެންޑްސް ޓީވީ ޝޯގައި މުހިއްމު ދައުރެއް އަދާކުރި ހުރިހާ ތަރިންނެއް މި ރީޔޫނިއަން އިން ފެނިގެންދިޔައިރު ރީޔޫނިއަންގައި ވަނީ ބައެއް ހާއްސަ ޑައިލޮގްތައް ވެސް ކުޅެފަ އެވެ.

އަދި ފްރެންޑްސްގެ 10 ސީޒަނުން އެންމެ މަޝްހޫރުވި ކޮސްޓިއުމްތަކާއެކު ވަނީ ފެޝަން ޝޯ އެއްވެސް ގެނެސްދީފަ އެވެ. ސީޒަން އެކަކުން ސީރީޒް ނިމެންދެން މި ރީޔޫނިއަން އަލި އަޅުވާލިއިރު ފްރެންޑްސް ރީޔޫނިއަން ވެގެންދިޔައީ އެންމެ ގިނަ މީހުން އިންތިޒާރުކުރި އެޕިސޯޑަށެވެ.

މި އެޕިސޯޑަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ރީޔޫނިއަންގައި ތަރިންގެ ބައެއް ސިއްރުތައް ވެސް އެނގިގެން ދިޔައެވެ. ޝޯގެ ލީޑް އެކްޓަރުންނަކީ ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، މެޓް ލެބްލޮންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ. އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ސީރީޒްގައި ހުރިހާ ރަހަތަކެއް އެކުލެވިގެންވެ އެވެ.

comment ކޮމެންޓް