މާދަމާ އިން ފެށިގެން މާލޭގެ މިސްކިތްތައް ބަންދު ކުރަން ނިންމައިފި

އޭޕްރީލް 16، 2021: ރޯދަމަހާއި އަޅުކަން: ނަމާދަށް ފަހު، ގިނަ އަދަދެއްގެ މީހުން، މިސްކިތްތަކުގައި ޤްރުއާން ކިޔަވަން މަޑުކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ އިން ފެށިގެން މާލޭގެ މިސްކިތްތައް ބަންދު ކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިރޭ ފަތިސް ނަމާދަށްފަހު މާލޭ ސިޓީގެ ހުރިހާ މިސްކިތެއް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތަށް ނިންމާފައި ވަނީ ހަލުވިކަމާ އެކު ރާއްޖޭގައި ކޮވިޑް ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެ ނިންމުން ނިންމާފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"މިދަނޑިވަޅުގައި މިސްކިތަށް ވަޑައިނުތް ކަމުގައި ވިޔަސް ފަރުޟު ފަސްނަމާދު ބާރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތްކޮށްދެއްވުން އެދި ގިނަ ގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް