ހެއިޓީއަށް އައި ބިން ހެލުމާ ގުޅިގެން އެހީތެރިކަން ފޯރުވަމުންދާ ސްޕީޑާ މެދު ހެއިޓީގެ ރައްޔިތުން ޝަކުވާކުރަމުން އެބަދޭ

19:00


ދެ ލައްކައަށްވުރެ ގިނަ މީހުން މަރުވެގެންދިޔަ ހައިޓީގެ ބިން ހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުވަމުންދާ ސްޕީޑާ މެދު ހިތްހަމަނުޖެހިގެން ހައިޓީގެ ރައްޔިތުން ޝަކުވާކުރަމުން އެބަދެ އެވެ.


ރިކްޓަރ މިންގަނޑުން 7.0 ބާރުމިނުގައި އައި އެ ބިން ހެލުމުގައި އިމާރާތްތަކާއި ގެދޮރުތައް ވެއްޓި، މީހުންގެ ބޯހިޔާވަހިކަން ގެއްލުމުގެ ސަބަބުން މިލިއަނެއްހާ މީހުން އުޅެން ޖެހިފައިވަނީ ވަގުތީ ޓެންޓުތަކުގަ އެވެ. ހައިޓީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެތަކެއް އިންސާނީ އެހީއާއި މާލީ އެހީތެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެމުން ގެންދިޔަ ނަމަވެސް، އެހީގެ މައްސައްކަތް ކުރިއަށްދާ ސްޕީޑާމެދު ހާލުގައި ޖެހިފައިވާ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފަ އެވެ. ނަމަވެސް، އެހީދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި މަސައްކަތް ހަލުއި ކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަސީލަތްތައް ނެތް އިރު، ކުރިއަށް އޮތް ވިއްސާރަ މޫސުމުގައި އެހީގެ މަސައްކަތް އިތުރަށް މަޑުޖެހިގެންދާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު