މި އަހަރުގެ ފިތުރު އީދު ހަދިޔާގެ ގޮތުގައި ސަން އިން ދޫކޮށްލާ 90،000 ރުފިޔާގެ އަގުހުރި ބެނެލީ ލިއޮންސީނޯ 250 މޮޑެލްގެ ސައިކަލަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު މި ހަފްތަގެ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.
ސައިކަލު ހޯދުމަށް ކުރަންޖެހޭނެ ކަމަކީ އެސްއެމްއެސް އެއް ކޮށްލުމެވެ.
Sun (space) EID ޖައްސަވައި، 2747 އަށް އެސްއެމްއެސް އެއް ކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. އެންމެ އެސްއެމްއެސް އަކުންވެސް ނަސީބު އަތުގައި ހިފައިފާނެ އެވެ. އެސްއެމްއެސް ފޮނުވުމަށްވަކި ލިމިޓެއްވެސް ނެތެެވެ.
އެސްއެމްއެސް ފޮނުވުމުގެ އެންމެ ފަހު ތާރީހަކީ މެއި 20 ވަނަ ދުވަހުގެ ރޭ 00:0 އެވެ.
ސައިކަލު ލިބޭ ނަސީބުވެރިޔާ ހޮވާނީ ގުރުއަތުންނެވެ. ގުރުއަތުނެގުން ސަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ލައިވް ކުރާނެ އެވެ.
ބެނެލީގެ ރާއްޖޭގެ ސޯލް ޑީސްޓްރިބިއުޓަރަކީ ލޮޓަސް ފިހާރަ އެވެ.
މި ރޯދަ މަހުގެ ތެރޭ ސަން އިން ވަނީ ކޮންމެ ހަފްތާއަކު ވެސް ހާއްސަ އިނާމެއް ލިބޭ ރޯދަ ހަދިޔާ ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.