އެނޯލާ ހޯމްސްގެ ދެވަނަ ބައެއް އަންނާނެ

ފިލްމުގެ މަންޒަރެއްގައި މިލީ--

އާންމުންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ލިބުނު ހޮލީވުޑް ފިލްމު "އެނޯލާ ހޯމްސް"ގެ ދެވަނަ ބައެއް އަންނާނެ ކަން ނެޓްފްލިކްސް އިން ކަށަވަރުކޮށްދީފި އެވެ.

"ސްޓްރޭންޖާ ތިންގްސް" އިން މަޝްހޫރުވެ ހޮލީވުޑް ފަތަހަކޮށްފައިވާ 17 އަހަރުގެ ބަތަލާ މިލީ ބޮބީ ބްރައުން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ސީކުއަލެއް ނެރޭނެކަން ނެޓްފްލިކްސް އިން އިއުލާންްކުރުމާއެކު މިލީ ބުނީ އެނޯލާ ހޯމްސްގެ ކާސްޓާ ގުޅެން ކެތްމަދުވެފައިވާ ކަމަށެވެ. މި ފިލްމަކީ އޭނާގެ ހިތުގައި އަބަދުވެސް ހާއްސަ ޖާގައެއް ދެވިފައިވާ ފިލްމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ފިލްމު މަޝްހޫރު ޕްރައިވެޓް ޑިޓެކްޓިވްގެ ރޯލުން ފެނިގެންދަނީ ހެންރީ ކޭވިލް އެވެ. ޝާލޮކް ހޯމްސްގެ ބޭބެގެ ރޯލުން ފެނިގެންދަނީ ސޭމް ކްލެފިން އެވެ.

އެނޯލާ ހޯމްސް އަކީ ޖެކް ތޯންގެ ސްކްރީންޕްލޭ އަކަށް ހެރީ ބްރެޑްބިއާގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދީފައިވާ ހިތްގައިމު ރީތި ފިލްމެކވެ.

comment ކޮމެންޓް