ޕޮޕް ލަވަކިޔުންތެރިޔާ ވިޓްނީ ހިއުސްޓަން މަރުވެފައި އޮއްވާ ފެނިއްޖެ

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ވިޓްނީ ހިއުސްޓަން މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ވިޓްނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ކެލިފޯނިޔާގެ ބެވެލީހިލްޓަން ހޮޓަލްގައި ކަމަށް ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނެފައިވެ އެވެ. ވިޓްނީގެ މަރުގެ ފަހަތުގައި އެއްވެސް މީހެއްގެ އަތެއްވާކަން ފުލުހުން އަދި ޔަގީންކޮށްދީފައި ނުވިނަމަވެސް އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނެފައިވެ އެވެ.

ޕޮޕް ލަވައިގެ ދުނިޔޭގެ ގިނަ ބަޔަކަށް ވިޓްނީގެ މަރު ސިހުމަކަށްވިއިރު އޭނާ މަރުވެފައި އޮއްވާ ފެނުނު ހޮޓަލަކީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ 54 ވަނަ ގްރެމީ މިއުޒިކް އެވޯޑްގެ ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ހޮޓަލެވެ. ގްރެމީ މިއުޒިކް އެވޯޑް ބޭއްވުމަށް ހަމަޖެހިފައި ވަނީ ލޮންއެންޖަލިސްގެ ސްޓެޕްލް ސްކޮޔާގައި މިރެ އެވެ.

މިއެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ވިޓްނީގެ ހުށަހެޅުންތަކެއް ހުށަހަޅައިދޭ ގޮތަށް ވެސް ހަމަޖެހިފައި ވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިޓްނީ ވަނީ ބުރާސްފަތު ދުވަހުގެ ރޭ ވަރަށް ދަންވަންދެއް ގްރެމީ އެވޯޑުގެ ރިހާސަލްތައް ހެދި އެވެ.

ވިޓްނީ 48، މަރުވިއިރު މިހާތަނަށް އޭނާގެ 180 މިލިޔަން މިއުޒިކް އަލްބަމްސް ވިކިފައިވާ ކަމަށް ވިޓްނީގެ އޮފިޝަލް ވެބްސައިޓްގައިވެ އެވެ. ވިޓްނީއަށް މިހާތަނަށް އާރްއެންބީ ލަވަތައް ހުށަހަޅައިދީގެން ހަ ގްރެމީ އެވޯޑް ލިބިފައިވާއިރު ސޯލްޓްރޭން މިއުޒިކް އެވޯޑްގައި އޭނާއަށް ވަނީ ގަރުނުގެ އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑް ވެސް ހޯދާފަ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު