މިސް ޔުނިވާސް ހަފްލާ މީޑިއާނެޓުން ވަގުތުން ބަލާލެވޭނެ

މާދަމާ ބާއްވަން ހަމަޖެހިފައިވާ މިސް ޔުނިވާސް 2020 މުބާރާތް މީޑިއާނެޓް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މެއި 17 ވަނަ ދުވަހު ބާއްވާ 69 ވަނަ މިސް ޔުނިވާސް ހަފްލާ ކުރިއަށް ދާނީ އެމެރިކާގެ ފްލޮރިޑާގައި ހުންނަ ހާޑް ރޮކް ހޮޓެލް އެންޑް ކަސީނޯގަ އެވެ.

އެ ހަފްލާ ދައްކާނީ ފަތިހު 5:00 ގައި ފޮކްސްލައިފް އެޗްޑީ (ޗެނަލް810) އިންނެވެ. ވަގުތުން ނުބެލިއްޖެ ނަމަ، އެދުވަހުގެ ހަވީރު 5:00 ގައި ރިޕީޓު ބަލައިލެވޭނެ އެވެ. އަދި މަލްޓި-ސްކުރީނުންވެސް މި ހަފްލާ ބަލައިލެވޭނެއެވެ.

މިސް ޔުނިވާސް މުބާރާތަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތެވެ. މި މުބާރާތުގައި ދުނިޔޭގެ 74 ގައުމަކުން އަންހެނުން ވާދަކުރެ އެވެ.

މިދިޔަ އަަހަރު މިސް ޔުނިވާސްގެ ތާޖު ކާމިޔާބު ކުރީ ދެކުނު އެފްރިކާގެ ޒޮޒީބިނީ ޓަންޒީ އެވެ. ހޯމަ ދުވަހު އޮންނަ ހަފްލާގައި މިސް ޔުނިވާސް 2020 ގެ ބޮލުގައި ތާޖު އަޅަުވައިދޭނީ ޒޮޒިބިނީ އެވެ.

comment ކޮމެންޓް