އިތުރު ހަފްތާއަކަށް ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި

އޭޕްރީލް 19، 2021: ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު ފިންޏަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެއެވެ. މިކަމުގެ ތެރެއިން އާދަޔާހިލަފަށް މަގުތައްމަތީގައި ސައިކަލާއި ދުއްވާއެއްޗެހި ނުކުމެ މަގުތައް ފުރާލައެވެ. ޕެންޑެމިކްގެ ހާލަތުގައި މާސްކު އަޅައިގެންވިޔަސް ހަވީރު ފިންޏަށް ނުކުތުމުގެ މި އާދަކާދަ ދިވެހިން ދަނީ ދަމަހައްޓަމުންނެވެ. --ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުގެ ދަށުން މާލެ ސަރަހައްދުގައި ހުންނަ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރާގޮތަށް ނިންމާފައި އޮތް އޮތުން މިމަހުގެ 22 ގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ރައީސް އޮފީހުން ނެެރުނު ދެންނެވުމެއްގައި ބުނީ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ހިދުުމަތްތަކެއް އޮންލައިންކޮށް ދެމުން ދިޔުމަށް ރައީސް އަންގަވާފައިވާ ކަމަށެވެެ. އަދި ސަރުކާރުގެ އިދާރާތަކުން ދޭ އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، އެ މުއްދަތުގެ ތެރޭގައި އެޗްޕީއޭ އިން އަންގާ އެންގުންތަކަށް ހުހިހާ މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެ ދެންނެވުމުގައި ވެއެވެ.

އެ ދެންނެވުމުގައި ބުނީ މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫން ކ ަމަށެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވާތީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި ކާފިއު އިއުލާނު ކޮށްފައިވާއިރު، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޑައިން އިންގެ ހިދުމަތް ވަނީ މެދުކަނޑާލައިފަ އެވެ.

comment ކޮމެންޓް