މާލެއިން 526 މީހުންނާއެކު، މިއަދު 703 މީހުން ޕޮޒިޓިވް

އޭޕްރީލް 19، 2021: ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު ފިންޏަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެއެވެ. މިކަމުގެ ތެރެއިން އާދަޔާހިލަފަށް މަގުތައްމަތީގައި ސައިކަލާއި ދުއްވާއެއްޗެހި ނުކުމެ މަގުތައް ފުރާލައެވެ. ޕެންޑެމިކްގެ ހާލަތުގައި މާސްކު އަޅައިގެންވިޔަސް ހަވީރު ފިންޏަށް ނުކުތުމުގެ މި އާދަކާދަ ދިވެހިން ދަނީ ދަމަހައްޓަމުންނެވެ. --ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 703 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 526 މީހުންނާއި އަތޮޅުތަކުން 167 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުންނާއި ސިނާއީ ރަށްރަށުން ތިން މީހެކެވެެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 33،368އަށް ވަނީ އަރާފަ އެވެ.

އެކްޓިވް ކޭސްތައް 7،607އަށް އަރާފައިވާއިރު، އޭގެ ތެރެއިން 203 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 25،675 އެވެ. އަދި މި ބަލީގައި މިހާތަނަށް 77 މީހުން ރާއްޖެއިން ވަނީ މަރުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 300،189 މީހުންނެވެ. އަދި އޭގެ ތެރެއިން ދެވަނަ ޑޯޒު ޖަހައި، ވެކްސިން ފުރިހަމަކޮށްފައިވަނީ 123،581 މީހުންނެވެ.

comment ކޮމެންޓް