"ސަން" ގެ އީދު ހަދިޔާ އަކީ 90،000 ރުފިޔާގެ ސައިކަލެއް

90،0000 ރުފިޔާގެ ބެނެލީ ލިއޮންސީނޯ 250 މޮޑެލްގެ ސައިކަލް

މި އަހަރުގެ ފިތުރު އީދު ހަދިޔާގެ ގޮތުގައި ސަން އިން ދޫކޮށްލަނީ 90،000 ރުފިޔާގެ އަގުހުރި ބެނެލީ ލިއޮންސީނޯ 250 މޮޑެލްގެ ސައިކަލެކެވެ.

ސައިކަލު ހޯދުމަށް ކުރަންޖެހޭނެ ކަމަކީ އެސްއެމްއެސް އެއް ކޮށްލުމެވެ. Sun (space) eid އީދު ޖައްސަވައި، 2747 އަށް އެސްއެމްއެސް އެއް ކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. އެންމެ އެސްއެމްއެސް އަކުންވެސް ނަސީބު އަތުގައި ހިފައިފާނެ އެވެ. އެސްއެމްއެސް ފޮނުވުމަށްވަކި ލިމިޓެއްވެސް ނެތެެވެ.

ސައިކަލު ހޯދުމަށް އެސްއެމްއެސް ފޮނުވުމުގެ އެންމެ ފަހު ތާރީހަކީ މެއި 20 ވަނަ ދުވަހުގެ ރޭ 00:0 އަށެވެ.

ސައިކަލު ލިބޭ ނަސީބުވެރިޔާ ހޮވާނީ ގުރުއަތުންނެވެ. ގުރުއަތުނެގުން ސަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ލައިވް ކުރާނެ އެވެ.

ބެނެލީގެ ރާއްޖޭގެ ސޯލް ޑީސްޓްރިބިއުޓަރަކީ ލޮޓަސް ފިހާރަ އެވެ.

މި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ހާއްސަ އިނާމެއް ލިބޭ ރޯދަ ހަދިޔާ ޕްރޮމޯޝަނެއްވެސް ސަން އިން ކުރިއަށް ގެންދެ އެވެ. މީގެ އިތުރުން ރޯދަ މަހު ކޮންމެ ދުވަހަކުވެސް ގެނެސްދޭދީނީ ސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކުރާ ފަރާތަކަށް 10،000 ރުފިޔާ ލިބޭ ސުވާލު މުބާރާތެއްވެސް ކުރިއަށް ގެންދެ އެވެ.

comment ކޮމެންޓް