އެމްޓީޑީސީގެ ފައިދާ އަށް 5.7 މިލިއަން ރުފިޔާ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރު ތަޒްމީލް އަބްދުލްސަމަދު -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

މިއަހަރުގެ ފުރަތަމަ ކުއާޓާރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ފައިދާގެ ގޮތުގައި 5.7 މިލިއަން ރުފިޔާ (375,185 ޑޮލަރު ) ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓާލީ ރިޕޯޓު ދައްކާގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައު 14.3 މިލިއަން ރުފިޔާ (930,804 ޑޮލަރު) ވަނީ ލިބިފަ އެވެ.

ކުންފުނީގެ ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 8.2 މިލިއަން ރުުފިޔާ (533,409 ޑޮލަރު) ލިބިފައިވާ ކަމަށް ހިސާބުތައް ދައްކަ އެވެ.

އެމްޓީޑީސީ އިން ވަނީ ހިއްސާގެ ފައިދާ ދޫނުކުރާތާ 11 އަހަރު ފަހުން މިދިޔަ 2019 އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ފައިދާ ބަހައިފަ އެވެ. މިދިޔަ 2020 ވަނަ އަހަރުގެ ތެރޭ އެ ކުންފންޏަށް 1.7 މިލިއަން ޑޮލަރުގެ ފައިދާ އެއް ވަނީ ލިބިފަ އެވެ.

އެމްޓީޑީސީގެ ދަށުން ތަރައްގީކޮށް، މިވަގުތު ހިންގަމުން އަންނަނީ މައިނާ އިންޓަނޭޝަނަލް ކުންފުންޏަށް ސަބްލީޒްކޮށްގެން ހިންގާ ބ. ކިހަވަށް ހުރަވަޅި (އަނަންތާރާ ކިހަވަށް ވިލާޒް) އަދި ތުރުކީގެ އަހްމެޓް އައިދެޒް ކުންފުންޏަށް ސަބްލީޒް ކޮށްގެން ހިންގާ ގދ. މަގުދުވާ (އަޔާދާ މޯލްޑިވްސް)އެވެ.

މީގެ އިތުރުން ތިން އަހަރު ތެރޭހައި ހދ. ނާގޯށީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް އެ ރަށް އޮޕަރޭޝަނަށް ގެންދިޔުމަށް އެމްޓީޑީސީ އާ ވަނީ އަލުން ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް