ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް ހުުޅުވައިފި

ވަގުތީ މިސްކިތް: އެ މިސްކިތް މިހާރު ވަނީ ހުުޅުވާފައި -- ސަން ފޮޓޯ

ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅަން ފެށި ވަގުތީ މިސްކިތް ހުޅުވައިފި އެވެ.

އެ މިސްކިތް ހުޅުވައި ދެއްވީ މިއަދުގެ ހުކުރު ނަމާދަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރެވެ.

ވަގުތީ މިސްކިތް އިސްލާމިކް މިނިސްޓަރު ހުޅުވައިދެއްވަނީ...

އެ މިސްކިތް ހުޅުވައިދެއްވުމަށްފަހު، ޑރ. ޒާހިރު ވަނީ އެ މިސްކިތުގައި މިއަދު ކުރި ހުކުރު ނަމާދުގައި ބައިވެރިވެވަޑައިގެންފައެވެ. އެ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެވެ.

މަޖީދީ މަގު، ހުދުމާ ފިހާރައާ އިންވެގެން އޮންނަ އެ ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފެށީ މިމަހު ކުރީ ކޮޅެވެ. އެތަން ހެދުމަށްޓަކައި ބިން ކޮންނަމުން ދަނިކޮށް، މިމަހު ހަތް ވަނަ ދުވަހު އެ ބިމުން އާސާރީތަކެތިވެސް ފެނިފައިވެއެވެ. އެއާއެކު ހެރިޓޭޖް މިނިސްޓްރީން އޭރު އާސާރީތަކެތި ރައްކާތެރިކުރުމަށްޓަކައި މަސައްކަތްވެސް ހުއްޓުވި އެވެ. ނަމަވެސް ފަހުން އަނެއްކާވެސް މަސައްކަތް ކުރަން ފެށި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި އެވެ.

comment ކޮމެންޓް