ސްޓެލްކޯ ފެނުގެ ހާއްސަ ޕްރޮމޯޝަނެއް

ސްޓެލްކޯ އިން ފުޅީފައި ބަންދުކޮށްގެން ވިއްކާ ފެނުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ސްޓެލްކޯ ފެނުގެ ފަސް ލީޓަރުގެ 10 ކޭސް ގަތުމުން އިތުރު އެއް ކޭސް ހިލޭ ލިބުމުގެ އިތުރުން ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.

ސްޓެލްކޯ ފެނުގެ ފަސް ލީޓަރުގެ ފެން ކޭހެއް 48 ރުފިޔާ އަށް ލިބޭނެ އެވެ.

ސްޓެލްކޯ އިން އުފައްދާ ސްޓެލްކޯ ފެނަކީ މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުތަކުގެ ހޫނުން އުފެދޭ ފެން، ޕްރޮސެސްކުރުމަށް ފަހު ފުޅީގައި ބަންދުކުރާވެ.

މިއީ ބުއިމަށް ރައްކާތެރި، ކޮލެޓީ ފެނެކެވެ. މި ފެނަށް އޯޑަރު ދިނުމަށް 9110888 ނަންބަރުން ފެނަށް ގުޅުއްވާށެވެ.

comment ކޮމެންޓް