"ޑޮންޑޮން"ގެ ބާނީ، ލޯޖެހި އަހުމަދު މަނިކު އަވަހާރަވެއްޖެ

އަހުމަދު މަނިކު (ލޯޖެހި އަހުމަދު މަނިކު)

ދިވެހިންގެ މަގްބޫލުކަން ހޯދި "ޑޮން ޑޮން" ބުއިން ތައާރަފުކުރި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ އަހުމަދު މަނިކު (ލޯޖެހި އަހުމަދު މަނިކު) މިއަދު އަވަހާރަވެއްޖެ އެވެ.

އިންޑިއާގެ ބެންގަލޯރުގެ މަނިޕާލަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަހުމަދު މަނިކު އަވަހާރަވީ އުމުރުފުޅުން 80 އަހަރުގައެވެ.

"ޑޮން ޑޮން" ބަންދުކޮށް ވިއްކުމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވައި އޭގެ ފަހުން ވިޔަފާރީގައި ކުރައްވި އަހްމަދު މަޖިކަށް 2009 ވަނަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން އުފެއްދުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމް ވަނީ ލިބިވަޑައިގެންފައެވެ.

ފަހުން ތްރީ ޗޮއިސްގެ ނަމުގައި މަޝްހޫރުކަން ހޯދި އެ ބުއިންތަކަކީ އޭނާގެ އަމިއްލަ ފޯމިއުލާގައި އުފެއްދި ބުއިންތަކެކެވެ. އެ މަސައްކަތް އޭނާ ފެއްޓެވީ، 1982 ވަނަ އަހަރުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު