ކާޑެއްދޫ ބަނދަރުގެ ސާވޭ ހަދަން އާރުޑީސީ އަށް

އާރުޑީސީ އާއި ރީޖަނަލް އެއާޕޯޓްސް އާ ދެމެދު ސޮއިކުރުން -- ފޮޓޯ: އާރުޑީސީ

ގދ. ކާޑެއްދޫ އެއާޕޯޓަށް އަރައި ފޭބުމަށް ހަދާ ބަނދަރުގެ ސާވޭ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކުއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ތިން މަސް ތެރޭ ނިންމާ ގޮތަށެވެ.

ކާޑެއްދޫ ބަނދަރުގެ ސާވޭގެ މަސައްކަތް އާރުޑީސީ އާ ހަވާލުކޮށްފައި ވަނީ ބަނދަރު ތިލަވެ އެއްގަމު ތޮއްޓާއި ޖެޓީ ވެއްޓި އަރާ ފޭބުމަށް ދަތިވާ ވަރަށް ހަލާކުވެފައި ވަނިކޮށެވެ.

އެތަން އާންމު ހާލަތަކަށް ގެނައުމަށްޓަކާ ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ސާވޭ ކުރުމުގެ މަސައްކަތް އާރުޑީސީ އިން ކުރާނެ އެވެ.

comment ކޮމެންޓް