ގާސިމާއި ޔާމީނާ މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

17:35


ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރ ގާސިމް އިބްރާހިމާއި ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން އަބްދުﷲ ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާކަމުގެ ތުހުމަތުގައި ޤާސިމާއި ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައިވާ ދައުވާއާ ގުޅިގެން ޖިނާއީ ކޯޓާއި ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކުރައްވަމުން ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ފަސް ފަނޑިޔާރުންގެ ކޮމިޓީން އިއްތިފާގުވެފައި ވަނީ ޖިނާއީ ކޯޓާއި ހައި ކޯޓުން ގާސިމާއި ޔާމީން ގޭ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ގާނޫނާއި ޝަރީއަތާ އެއްގޮތަށް ކަމަށް ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.


މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ޕީއޭގެ ނައިބް ލީޑަރ އަހުމަދު ނާޒިމް ގޭ ބަންދުގައި ބެހެއްޓުމަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމް ފުލުހުން އިސްތިޢުނާފްކުރި މައްސަލައިގެ ޝަރީއަތް ވެސް މިއަދު ވަނީ ހައިކޯޓުގައި ބާއްވައިފަ އެވެ. ހައިކޯޓުގައި މިއަދު އޮތް މި މައްސަލާގެ ޝަރީއަތުގައި ހައިކޯޓުން ވަނީ ނާޒިމް ގޭ ބަންދުގައި ބެހެއްޓުމުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު