އަބްދުﷲ ގާޒީ ކޯޓަށް ނުކުންނަވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ތިން ހަފްތާގެ ބަންދަކަށް ފަހު ކޯޓުގެ މަސައްކަތަށް ނުކުމެވަޑައިގެންފި އެވެ.

ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަބުދުﷲ ގާޒީ މިއަދު އޮފީހަށް ވަޑައިގެން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

އެމްއެންޑީއެފުން ހައްޔަރުކޮށްގެން ގިރިފުށްޓަށް ގެންދިޔަ އަބުދުﷲ ގާޒީ މާލެ ގެނެސްފައި ވަނީ އިއްޔެ މެންދުރު އެވެ. އަބުދުﷲ ގާޒީ މާލެ ގެނައި ވަގުތު ގިނަ އަދަދެއްގެ އާންމުން ވަނީ އެއް ނަމްބަރު ފާލަމާވީ ދިމާލަށް އެއްވެ އުފާފާޅުކޮށްފަ އެވެ.

ކުރީގެ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް އަބުދުﷲ ގާޒީ ހައްޔަރުކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު ވަނީ އަބުދުﷲ ގާޒީ ދޫކޮށްލުމަށް ގޮވާލައި ސިލްސިލާ މުޒާހަރާ ކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު