ކެންދޫ ފުޓުބޯޅަދަނޑު ހެދުމަށް ހަދަން ޖެހޭ ސާވޭ ނިމިއްޖެ: އާރުޑީސީ

ކެންދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް ސާވޭ ހެދުމުގެ މަސައްކަތުގެ ތެރެއިން --

ބ. ކެންޑޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އޭރުޑިސީ) އިން ބުނެފި އެވެ.

ޖުމްލަ 1.6 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލުކޮށް، ޔޫތް މިނިސްޓްރީން އާރުޑީސީއާއެކު ސޮއި ކުރީ މިދިޔަ މަަހުގެ 28 ވަނަ ދުވަހު އެވެ.

އާރުޑީސީން މިއަދު ބުނީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްކޮޅެއް ތެރޭ ފެށޭނެ ކަމަށެވެ.

"މިހާރު އެންމެ ފަހުގެ މަސައްކަތް ދަނީ ކުރެވެމުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް. ދެން ވަރަށް އަވަހަށް ފެށޭނެ،" އާރުޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އާރުޑީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓު އެންޑް ކޮލިޓީ ކޮންޓްރޯލް އެސިސްޓެންޓް މެނޭޖަރު މަހްމޫދު މުހައްމަދުފުޅު ވިދާޅުވީ، މަސައްކަތް ފެށުމަށް ހަދަން ޖެހޭ ސާވޭތައްވެސް މިހާރު ނިންމާފައިވާ ކަމަށެވެ. މިނިސްޓްރީން އެ ސައިޓު ކުންފުންޏާ ހަވާލުކުުރުމާއެކު ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއު އާރުޑީސީއާ ހަވާލު ކުރީ 35 ދުވަހުގެ ތެރޭ ނިންމުމަށެވެ. އެ މަޝްރޫއޫގެ ދަށުން ކެންދޫ ފުޓުބޯޅަ ދަނޑުގެ ފަސްގަނޑު އެއްވަރުކޮށް ހަރުކުމާއި ފެން ހިންދާ ނިޒާމް ގާއިމްކުރުމާއެކު އަރިމަތީ ގާ އެތުރުމަށް ހަމަޖެހިފައިވާ ކަމަށް އާރުޑީސީން ބުނެ އެވެ.

comment ކޮމެންޓް