ފަސްމީރު މަސްދަޅު ކޭސް ޑެލިވަރީ ކުރަން ކުންފުންޏަކާއެކު ސޮއިކޮށްފި

ޑެލިވަރީ ހިދުމަތް ދިނުމަށް ކުންފުންޏަކާއެކު މިފްކޯއިން ސޮއި ކުރަނީ

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައި.ބީ.އެމް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާ ދެމެދު ފަސްމީރު މަސްދަޅު ޑެލިވަރީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި އައިބީއެމް ގެ ފަރާތުން ސޮއި ކޮށްފައިވަނީ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް އަންވަރެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީއެވެ.

އައިބީއެމް އާއި މިފްކޯ އާއި ދެމެދު ވެނުނު މި އެއްބަސް ވުމަކީ މިފްކޯގެ އުފެއްދުންތަށް ކަސްޓަމަރުންނާ ހަމައަށް އިތުބާރާއެކު ހަލުވި ސްޕީޑެއްގައި ގެންގޮސްދިނުމުގެ ގޮތުން ވެވިފައިވާ އެއްބަސްވުމެކެވެ. އައިބީއެމް ގެ ހޮޓްލައިން 1619 އަށް ގުޅުއްވައިގެން ތާޒާ ފެނަށް އޯޑަރު ދެއްވާ އުސޫލުން މިހާރު މިފްކޯގެ ފަސްމީރު ބްރޭންޑްގެ މަސް ކޭހަށް އޯޑަރު ކުރެއްވޭނެ އެވެ.

އެ ހިދުމަތް ފެށުމުގެ ގޮތުން އައިބީއެމް އިން ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ ޗަންކްސް އިން އޮއިލް" އަދި "ޗަންކްސް އިން ބްރައިން" ގެ ދެ ޕެކޭޖިން ކަމައްވާ 48 ދަޅުގެ މަސްކޭހާއި 24 ދަޅުގެ މަސްކޭހެވެ.

comment ކޮމެންޓް