މާލޭން ފުރައިގެން ހަ މީހުންނާއެކު ހިންނަވަރަށް ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

14:30


މާލޭން ފުރައިގެން ހަ މީހުންނާއެކު ޅ.ހިންނަވަރަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކާށިދޫ ކަނޑަށް އަޑިއަށް ހިނގައްޖެ އެވެ.


އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބުދުﷲ އަލީ މިއަދު ވިދާޅުވީ މުދާ އުފުލާ އދ.ފެންފުށީގެ އެ ދޯނި ފެނުނީ މިއަދު ތިނެއް ޖަހާކަންހާއިރު ކ.ގާފަރު ހުޅަނގުފަރާތު ބަނދަރު ކައިރީން ދޯނީގެ ދެބައި ކޮށްފައި އެއްބައި އަޑީގައި އޮއްވާ ކަމަށެވެ. އަދި ހަ ފަޅުވެރިންނާއެކު މާލޭން ޅ.ހިންނަވަރަށް ދަތުރުކުރި އެ ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް އަބުދުﷲ ވިދާޅުވި އެވެ. ނަމަވެސް ދޯނީގެ އިންޖީނަށް ވެސް ލޮނު ވަދެ ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށް ވެސް އަބުދުﷲ އަލީ ވިދާޅުވި އެވެ. އަބުދުﷲ އަލީ އިތުރަށް ވިދާޅުވީ އެ ސަރަހައްދަށް އެމްއެންޑީއެފްގެ ލޯންޗަށް ދެވުނު އިރު އެ ދޯނީގައި ހުރި ހުރިހާ މުދަލެއް އެމީހުން އުކާލާފައިވާ ކަމަށެވެ. އަދި ދޯނީގައި ހުރީ ހިލައާއި، ހިލަވެއްޔާއި، ދަގަނޑު ކަމަށް ވެސް އަބުދުﷲ އަލީ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު