ރޯދަ މަހު މާލޭގެ ޕާކުތައް ހުޅުވާ ގަޑި އާންމުކޮށްފި

އޮގަސްޓް 5، 2020: ލޮނުޒިޔާރާތް ޕާކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާން މަހު މާލެ ސިޓީގެ ޕާކުތަކާއި މައިޒާންތައް ހުޅުވާ ގަޑި ކަނޑައަޅައި، އާންމުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭސިޓީގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދިނުމުގެ ގޮތުން، ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލުން ތަރައްގީކޮށް ބަލަހައްޓަމުން ގެންދާ ޕާކުތަކާއި މައިޒާންތައް ހުޅުވާނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.

ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކު ހުޅުވާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 5:45 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.

ނަމަވެސް އެހެނިހެން ޕާކުތަކާއި މައިޒާންތައް ކުރިއެކޭވެސް އެއްގޮތަށް އާންމުކޮށް ހުޅުވާފައި ހުންނާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް