ރެސްޓޯރެންޓްތައް މިއަދުން ފެށިގެން މެންދަމު 1:00އަށް ހުޅުވާފައި ބެހެއްޓޭނެ

މާލޭގެ ރެސްޓޯރަންޓެއް

ރާއްޖޭގެ ހުރިހާ ރަށެއްގެ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ވަގުތުތަކަށް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްްޓްރީން މިއަދު ކުރި އިއުލާންގައި ބުނީ، މިއަދުން ފެށިގެން ރޯދަ މަސް ފެށެން ދެން ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 1:00 އާ ދެމެދު ކަމަށެވެ.

އޭގެ އިތުރުން، ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް އިއުލާންގައި ބުނެ އެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަަށް މިނިސްޓްރީން އިލްތިމާސް ކުރި އެވެ.

comment ކޮމެންޓް