ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން އެހީ ދޭނެ ފަސް ޕްރޮޖެކްޓު ހޮވައިފި

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: މި އެހީގައި ސެން ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެމް) ގެ އަހަރެންގެ ބޭްކް ކޮމިޔުނިޓީ ފަންޑުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެހީތެރިކަން ފޯރުކޮށްދޭނެ ފަސް ޕްރޮޖެކްޓު ހޮވައިފި އެވެ.

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މި އަހަރުގެފުރަތަމަ ކުއާޓަރު ގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެވުުނު ފަސް ޕްރޮޖެކްޓަކީ؛

1. ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށްދިނުން- މިޑްލް ސްޕޯރޓްސް ކްލަބް

2. ހދ. ނޮޅިވަރަންފަރުގައި ފޮތްކިޔުމަށް ހާއްސަ ޕާކެއް ތަރައްގީކުރުން - ނޮޅިންވަރު ޔޫތް ޑިވެލޮޕްމަންޓް

3. އއ. މަތީވެރީގެ އިންޑޯ ސްޕޯޓްސް ފެސިލިޓީ ތަރައްގީކުރުން - އެސޯސިއޭޝަން ފޯ މަތިވެރި ސްޕޯޓްސް އެންޑް އެވެއަނަސް

4. ލ. ފޮނަދޫގައި ފޮތްކިޔުމަށް ހާއްސަ ޕާކެއް ތަރައްގީކުރުން - ވިމެންސް އެންހޭންސްމަންޓް

5. ގއ. ގެމަނފުށީގައި ބީޓެކް ހޮސްޕިޓޭލިޓީ ކްލާސްރޫމެއް ތަރައްގީކުރުން – ދިވެހި މަސްވެރިންގެ ޖަމިއްޔާ

ބީއެމްއެލްގެ މެނޭޖަރު، ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް އަޅުގަނޑުމެންނަށް ރަނގަޅު ޕްރޮޕޯސަލްތައް ލިބުނު ކަމަށެވެ.

"މި ފިޔަވަހީގައި ހޮވި ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 45 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި. ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ސައީދު ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރަކުވެސް ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރާކާތް ހިންގުމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް