އެމާ ސްޓޯން ވިހައިފި

އެމާ ސްޓޯން އަދި ފިރިމީހާ ޑޭވް މެކޭރީ ---

އެމެރިކާގެ ފިލްމީތަރި އެމާ ސްޓޯން ވިހައިފި އެވެ.

އެމާ އޭނާގެ ލޯބިވެރިޔާ، ކޮމީޑިއަން އަދި ޑިރެކްޓަރު ޑޭވް މެކޭރީއާ ކައިވެނިކުރީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މި މަހު 13 ވަނަ ދުވަހު އެމާ ވިހާފައިވާއިރު ލިބުނު ކުއްޖާގެ ޖިންސު ހާމަކޮށްފައެއްނު ވެއެވެ. އަދި ދަރިފުޅާ އެމާ ގެ ހާލުވެސް ރަނގަޅުކަމަށް ހަބަރުތައް ބުނެ އެވެ.

ދެހާސް ދިހަވަނަ އަހަރު ނުކުތް ޓީން ކޮމެޑީ ފިލްމު "އީޒީ އޭ"ގެ ލީޑު ކުޅެ، ބޮޑު މަގުބޫލުކަމެއް ހޯދައި އެ ރޯލަށް އެމްޓީވީ މޫވީ އެވޯޑްސްގައި ބެސްޓް ކޮމީޑިކް ޕަފޯމަންސް އެވޯޑު ހޯދި އެމާ އާއި މިހާރުގެ ފިރިމީހާ މެކޭރީ 2018 ވަނަ އަހަރު އެންގޭޖުވީ ދެ އަހަރު ދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު އެވެ.

ދަ އެމޭޒިންގް ސްޕައިޑަމޭން އަދި އޭގެ ސީކުއެލްއިންވެސް ފެނުނު އެމާ ވަނީ 2017 ވަނަ އަހަރުގެ ފިލްމު "ލަ ލަ ލޭންޑް"ގެ ލީޑު ރޯލު ކުޅެ އެންމެ މޮޅު އެކްޓްރެސްގެ އޮސްކާ އެވޯޑު، ބަފްޓާ އެވޯޑު، ގޯލްޑެން ގްލޯބު އެވޯޑު އަދި ސްކްރީން އެކްޓާސް ގިލްޑް އެވޯޑު ހޯދާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު