ހިމާޔަތްކުރީ ރާއްޖޭގައި އާންމުކޮށް އުޅޭ ކޮތަރުގެ ވައްތަރެއް ނޫން

ހިމާޔަތްކުރި "ކޮތަރު"ގެ ވައްތަރުތައް ---

އިއްޔެ ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ހިމެނޭ ތިން ވައްތަރުގެ ކޮތަރަކީ ރާއްޖޭގައި އާންމުކޮށް އުޅޭ ކޮތަރު ނޫން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.

ތިން ވައްތަރެއްގެ ކޮތަރު ހިމެނޭގޮތަށް، 104 ބާވަތެއްގެ ދޫނި އިއްޔެ ވަނީ ހިމާޔަތްކޮށްފަ އެވެ.

މިނިސްޓްރީން މިއަދު ބުނީ، ހިމާޔަތްކުރި ކޮތަރަކީ "ޕިޖަން" ކަމަށް ދޭހަވާ ފަދަ ގޮތަކަށް ހަބަރު ފެތުރުމުގެ ސަބަބުން ގިނަ ބަޔަކަށް އޮޅުން އަރާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގިނަ ބަޔަކު މިނިސްޓްރީއަށް ގުޅަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން ބުނީ އިއްޔެ ހިމާޔަތްކުރީ "ޕިޖަން" ނޫން ކަމަށާއި އިއްޔެ ހިމާޔަތްކުރީ "ޑަވް"ގެ ތިން ވައްތަރެއް ކަމަށެވެ. އެގޮތުން ހިމާޔަތްކޮށްފައި ވަނީ:

  • ޔޫރަޕިއަން ޓާޓަލް ޑަވް
  • އޮރިއެންޓަލް ޓާޓަލް ޑަވް
  • ވެސްޓަން ސްޕޮޓެޑް ޑަވް

އިއްޔެ ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ފިނދަނަ، ކިރުދޫނި، ބަކަމޫނު، ރާބޮނދި، ބޮނޑަނަ، ބާޒު، ފެންފޯއް ދޫނި އަދި ރޭރު ހިމެނެ އެވެ.

އެ ތަކެތި ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތޮބީއީގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގައި ވާގޮތުގެ މަތިންނެވެ.

ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް އަނިޔާކޮށް، ގެއްލުންދީ، އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެ. އެފަދަ ކަމެއް ކުރާ މީހުން ޖޫރިމަނާކުރެވޭނެ އެވެ.

comment ކޮމެންޓް