ކޮތަރާއި 100 އަށްވުރެ ގިނަ ދޫނި ހިމާޔަތްކޮށްފި

މާޗް 19، 2020 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިން ވައްތަރެއްގެ ކޮތަރު ހިމެނޭގޮތަށް، 104 ބާވަތެއްގެ ދޫނި ހިމާޔަތްކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން އެ 104 ބާވަތުގެ ދޫންޏަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

މިއަދު ހިމާޔަތްކުރި ދޫނިތަކުގެ ތެރޭގައި ކޮތަރު، ފިނދަނަ، ކިރުދޫނި، ބަކަމޫނު، ރާބޮނދި، ބޮނޑަނަ، ބާޒު، ފެންފޯއް ދޫނި އަދި ރޭރު ހިމެނެ އެވެ.

އެ ތަކެތި ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތޮބީއީގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގައި ވާގޮތުގެ މަތިންނެވެ.

ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް އަނިޔާކޮށް، ގެއްލުންދީ، އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެ. އެފަދަ ކަމެއް ކުރާ މީހުން ޖޫރިމަނާކުރެވޭނެ އެވެ.

comment ކޮމެންޓް