ގުޅިފައިވާ އިއްތިހާދުން މިރޭ ބާއްވަން އޮތް މުޒާހަރާ ވިއްސާރަވުމުގެ ސަބަބުން ކެންސަލްކޮށްފި

19:00


ގުޅިފައިވާ އިއްތިހާދުން މިރޭ ބާއްވަން އޮތް މުޒާހަރާ ވިއްސާރަވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.


ގޭބަންދުގައި ބައިތިއްބާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖޫމްހޫރީ ޕާޓީގެ ރައީސް ގާސިމު އިބްރާހިމާއި، މުލަކު ދާއިރާގެ މެންބަރު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމީނާއި، ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމު ދޫކޮށްލުމަށް އެދި، ޑީއާރުޕީ އާއި ޕީއޭގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ، ގުޅިގެން ސުނާމީ ބިނާކައިރީގައި މިރޭ ބާއްވަން ހަމަޖެހިފައި އޮތް މުޒާހަރާ ކެންސަލްކޮށްލި ނަމަވެސް ހޯމަ ދުވަހުގެރޭ މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރ އަލީ ސޯލިހް ވިދާޅުވި އެވެ.


ސޯލިހް ވިދާޅުވީ ހޯމަ ދުވަހުގެރޭ މުޒާހަރާ ބާއްވާއިރު ތަން ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިރޭގެ މުޒާހަރާ ކެންސަލްކުރީ މޫސުން ތަން ނުދިނުމުގެ ސަބަބުން ގިނަ ބައަކަށް މުޒާހަރާގައި ބައިވެރިވުމުގައި ދަތިވަމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ކޮރަޕްޝަނާއި، ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ގޭބަންދުކޮށްފައިވާ އިދިކޮޅު ތިން ލީޑަރުން ދޫކޮށްލަންދެން އެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އެންމެ ބޮޑު އިދިކޮޅު ހަތަރު ޕާޓީން މިއަދު ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު