ސްކީމްތަކުން ނަގާ އަގުބޮޑު މުދަލަށް ލިބިދާނެ ގެއްލުމަކަށް ކިހާ ސަމާލުކަމެއް ދެން؟ 

ގެދޮރަކީ ރައްކާތެރި އަމާން ވެއްޓަކަށް ހެދުމަށް އެންމެންވެސް އެދޭ އިރު، ހޭދަކުރަމުން މިދަނީ ގޭތެރޭގެ ސަލާމަތްތެރިކަން މުހިންމުވާ މިންވަރު އިންތިހާއަށް އިހުސާސް ކުރެވޭ ދުވަސްވަރެކެވެ.

ކޮވިޑްގެ ކޮޅިގަނޑާ އެކު ނިމި ދިޔަ އަހަރުގެ ބޮޑު ބައެއް އެކުއެކީގައިހެން ގޭގެ ހަތަރު ފާރުން އެތެރޭގައި ހޭދަކުރުން ވެގެންދިޔައީ ގިނަ ބަޔަކަށް ދުވަހަކު ވެސް ހިތަށް ގެނެވިފައި ނުވާ ފަދަ ދަތި އުނދަގޫ ކަމަކަށެވެ. ހާއްސަކޮށް މާލެ ފަދަ ޖާގައިގެ ދަތިކަން ބޮޑު ސިޓީއެއްގައި އަންދާޒާ ކުރެވިފައި ނެތް، ތަހައްމަލު ކުރަން ދަތި މި ދުވަސްތަކުގައި ވެސް ސިކުނޑީގައި ހަރުލި އެއް ކަމަކަށް ވެގެންދާނީ، ކޮންމެ ފެންވަރެއްގައި ދިރިއުޅުނު ކަމުގައި ވިޔަސް އެމީހެއްގެ ދިރިއުޅުމަށް ބޭނުންތެރި އެއްޗެހީގެ ގޮތުގައި ގަނެފައިވާ ތަކެތީގެ މުހިންމުކަމެވެ.

މިސާލަކަށް ގޭތެރޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ސާމާނު ނެތް ނަމަ، އެ މަދުވީ ލޮކްޑައުންގައި ކުރިމަތިވި ހާސްކަން ފިލުވަދިން ވަރަށް މުހިންމު އެއް ވަސީލަތެވެ. ހަމަ އެފަދައިން ގޭތެރޭގައި ހިމެނޭ ކޮންމެ އެއްޗަކަށް ބަލާލިޔަސް ބޮޑުތަނުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އެތަކެތިން ކުރާ އަސަރު ހާމަވެގެންދެ އެވެ.

މިފަދަ ތަކެއްޗަކީ އެކި ފެންވަރުގެ ތަކެތި ކަމުން، މާކެޓުގައި އެކި އަގުތަކުގައި ލިބެން ހުރި ކަމުގައިވިޔަސް ކޮންމެ ގެއެއްގައި ވެސް އެގެއެއްގެ ބޭނުންތައް ފުދޭ މިންވަރަށް އަސާސީ މިފަދަ ތަކެތި ގިނަ ފަހަރު ހުރެ އެވެ. މިފަދަ ތަކެތި އަގުމަގު ކޮށްލާއިރު ހޭދަ ކުރެވިފައިވާ މިންވަރު ތަފާތުވި ކަމުގައި ވިޔަސް ފާހަގަ ކުރެވޭ އެއް ކަމަކީ އާންމު ގޮތެއްގައި ގެޔަށް ބޭނުންވާ ފަރުނީޗަރާއި އިލެކްޓްރޯނިކްސް ފަދަ ތަކެތި ގަނެފައި ހުންނަނީ މަހުން މަހަށް ފައިސާ ދައްކާ ގޮތަށް އެކި ކަހަލަ ކްރެޑިޓް ސްކީމްތައް މެދުވެރިކޮށް ކަމެވެ.

އެހެންކަމުން މިތަކެއްޗަށް ހޭދަކުރެވިފައި ހުންނަ އަގު ހަމަ ނުވަނީސް މިއިން އެއްޗަކަށް ގެއްލުމެއް ލިބި، ބޭނުން ނުހިފޭ އެއްޗަކަށް ފައިސާ ދައްކަ ދައްކާ ހުންނާކަށް އެއްވެސް ފަރާތަކު ނޭދޭނެ އެވެ. އަދި ހަމަ އެހެންމެ މިއިން ކޮންމެ މުދަލަކީވެސް އެހާމެ އަގުބޮޑެތި މުދަލެވެ.

އެހެންކަމުން ދެން އުފެދޭ ސުވާލަކީ ގޭތެރޭގައި މިގެންގުޅޭ ސާމާނު ރައްކާތެރި ކުރެވޭނެ އެންމެ ފައިދާ ކުރަނިވި ގޮތަކީ ކޮބައިތޯ އެވެ. ގޭގައި ރައްކާތެރިކަމާ އެކު ތިބެގެންވެސް ގޭތެރޭ ގެންގުޅޭ މިފަދަ އަގު ބޮޑު މުދަލުގެ ސަލާމަތްތެރިކަން މިހާރު ހޯދެ އެވެ. އޮންލައިންކޮށް މައިއެލައިޑް ޕޯޓަލްއިން އަޔާދީ ތަކާފުލްގައިވާ ހޯމް ކޮންޓެންޓްސްއަށް ހާއްސަ ޕްލޭން ނެގުމުން ގޭބީސީތަކަށް ކުރިމަތިވާ އަލިފާނުގެ ހާދިސާ، ފެންބޮޑުވުމާއި ފެންހޮޅި ފަޅައިގެން ގޮސް ލިބޭ ގެއްލުމުގެ އިތުރުން މީހުން ގަސްތުގައި ދޭ ގެއްލުމާއި ގެދޮރަށް ގެއްލުންދިނުމަށް ފަހު ވަދެ ކުރާ ވައްކަންތަކަށް ވެސް ބަދަލު ލިބެ އެވެ.

މި ޕްލޭންގެ އެންމެ ހާއްސަ އަނެއް ކަމަކީ މިއީ އެންމެންނަށް ވެސް އަތްފޯރާ ފަށުގައި ލިބެން ހުންނަ އަގުހެޔޮ ހިދުމަތަކަށްވެފައި ވަގުތުން ވަގުތަށް ނެގޭ ހިދުމަތަކަށް ވުމެވެ. މާނައަކީ އޮންލައިން ޕޯޓަލް ނުވަތަ އެލައިޑް މޮބައިލް އެޕްލިކޭޝަނަށް ވަދެ އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީއިން ފެންނަ ޕްލޭނުގެ މައިގަނޑު މައުލޫމާތުތައް ފުރިހަމަ ކުރުމަށް ފަހު ކަވަރޭޖަށް އެދޭ ތަކެތީގެ ފޮޓޯ، އަގާއެކު އަޕްލޯޑް ކުރުމުން ޕްލޭނަށް ދައްކަން ޖެހޭ އަގު ފެނެ އެވެ.

ފައިސާގެ މަރުހަލާ ނިންމާލުމުން ޕްލޭން ނެގުމަށް ފުރިހަމަކުރަން ޖެހޭ ޕްރޮސެސް ފުރިހަމަ ކުރެވުނީ އެވެ. އެހާވެސް ފަސޭހަ އެވެ. ފަންސާސް ހާސް ރުފިޔާގެ މުދަލުގެ ރައްކާތެރިކަމަށް އަހަރަކަށް ހޭދަކުރަންޖެހެނީ އެންމެ 200 ރުފިޔާ އެވެ. އެހާވެސް ޖީބަށް ލުއި ހިދުމަތެކެވެ.

ނަމަވެސް ހަނދާން ބަހައްޓަން ޖެހޭ އެއް ކަމަކީ އަގުތައް ޖެހުމުގެ ކުރިން ތަކެތީގެ ރަނގަޅު އަގު ޖެހުން މުހިންމު ކަމެވެ. ސަބަބަކީ އަސްލު އަގަށް ވުރެ ކުޑަ އަޑެއް ޖަހައިފި ނަމަ، ގެއްލުމެއް ލިބޭ ހިނދު ބަދަލުގެ ގޮތުގައި ލިބޭ މިންވަރު ކުޑަ ވާނެތީ އެވެ. އަސްލު އަގަށް ވުރެ ބޮޑު އަގެއް ޖަހައިފި ނަމަ، ޕްލޭނަށް ހަރަދުވާ ޕްރިމިއަމް އަދަދު އިތުރުވާނެ އެވެ. އެހެންކަމުން ރައްކާވެ ތިބުމުގައި މިކަން ކަމަށް ސަމާލުކަން ދީ، ގޭތެރޭގެ ހިތްހަމަޖެހުން އިތުރު ކުރެވިދާނެ އެވެ.

comment ކޮމެންޓް